Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 16:27
ގެއްލިގެން އުޅޭ މީހާ ހޯދުމަށް އިމިގްރޭޝަނުން ކުރި ޓްވިޓަރ ޕޯސްޓް
ގެއްލިގެން އުޅޭ މީހާ ހޯދުމަށް އިމިގްރޭޝަނުން ކުރި ޓްވިޓަރ ޕޯސްޓް
އިމިގްރޭޝަން
އިމިގްރޭޝަން
ޤާނޫނާ ޚިލާފުވި ބިދޭސީއަކު ހޯދުމަށް ޢާންމުންގެ އެހީއަށް އެދިއްޖެ
އިމިގްރޭޝަނުން ހޯދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު އިޤްބާލް ހޮސައިން
އިމިގްރޭޝަނަށް މަޢުލޫމާތު ޙިއްސާ ކުރާ ޢާންމު ފަރުދުންގެ ސިއްރު ހިފަހައްޓައިދޭނެކަމަށް
9199017 މި ނަންބަރަށް ގުޅާ މަޢުލޫމާތު ޙިއްސާ ކުރުމަށް އިމިގްރޭޝަނުން އެދޭ

ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފުވެފައިވާ ބިދޭސިއަކު ހޯދުމަށް ޢާންމުންގެ އެހީއަށް އެދިއްޖެއެވެ.

Advertisement

އިމިގްރޭޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ޢާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުޙައްމަދު އިޤްބާލް ހޮސައިންއެވެ. މިއީ 37 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނެއްކަމަށާއި، އޭނާ ހޯދަނީ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ. ޤާނޫނާއި ޚިލާފުވިކަމަށް ޓްވިޓަރގައި ގައި ބުނި ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފުޞީލު ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުން ޢާންމު ރައްޔިތުންގެ އެހީތެރިކަމަށް މިކަމުގައި އެދިފައިވާއިރު، އިމިގްރޭޝަނަށް މަޢުލޫމާތު ޙިއްސާ ކުރާ ޢާންމު ފަރުދެއްގެ ސިއްރު ހިފަހައްޓައިދީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން އިމިގްރޭޝަނުން ވަނީދީފައެވެ.

މިމީހާއައި ބެހޭ އެއްވެސް މަޢުލޫމާތެއް އިނގޭނަމަ ލަސްނުކޮށް އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ގުޅާ މަޢުލޫމާތު ޙިއްސާ ކުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބަންގްލަދޭޝްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އިމިގްރޭޝަނުން ވަނީ މިމަހުގެ ކުރީކޮޅު ފުލުހުންނާއި ގުޅިގެން، ޤަވާއިދާ ޚިލާފަށް ހިންގާ 2 ގެސްޓް ހައުސް އެއް ބަލާ ފާސްކޮށް، އެތާނގައި ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފައެެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ، ވަކިން ޚާއްޞަކޮށް ގިނަ ޢަދަދެއްގެ ބަންގްލަދޭޝް މީހުން ދިރިއުޅެއެވެ. މިކަމަށް ސީދާ ދިރާސާއެއް ހެދިފައިނުވާތީ ކަނޑައެޅިގެން ސީދާ ޢަދަދެއް ނޭގެއެވެ. އެހެންނަމަވެސް މިކަމަކީ ޤައުމަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމުން އެކަން ޙައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް