ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 08:22
މިޔަންމާގެ ލީޑަރު އަންގ ސަން ސޫކީ
މިޔަންމާގެ ލީޑަރު އަންގ ސަން ސޫކީ
އިންޑިއަން އެކްސްޕްރެސް
އަން ސަންގ ސޫކީ
"ސުލްހައިގެ ޗެމްޕިއަން" ސޫކީ: ރޮހިންގާ މުސްލިމުންނާމެދު ހިންގި ޖަރީމާތަކަށް ޖަވާބުދާރީވުމަށް ކޯޓަށް!
ސޫކީ ވަނީ ގޭ ބަންދާއި ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި
އިންސާނީ ޙައްޤުތަކަށް ގޮވާލާ ފަރާތްތަކުގެ ފާޑުކިއުން ސޫކީއަށް ވަނީ އަމާޒުވެފައި
މި މައްސަލަ އައިސީޖޭއަށް ހުށައަޅާފައިވަނީ ގެމްބިއާގެ މުސްލިމް ޖަމާއަތަކުން

ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކަށް ޖަވާބުދާރީވުމަށް މިޔަންމާގެ ލީޑަރު އަންގ ސަން ސޫކީ ބުދަ ދުވަހު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހާޒިރުވާން ޖެހިއްޖެއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ބާރުގަދަ ދުވަސްވަރުގައި ގޭ ބަންދާއި ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، އެންމެ ފަހުން ދުނިޔޭގެ ޞުލްޙައިގެ އިނާމުވެސް ލިބިވަޑައިގެންފައިވާ ސޫކީ އެންމެ ފަހުން ހަމަ އެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކާއިމެދު ހަނު ހުރުމުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ގޮވާލާ ފަރާތްތަކުގެ ފާޑުކިއުން ސޫކީއަށް ވަނީ ޢަމާޒުވެފައެވެ.

ހަމައެކަނި 2017 ވަނަ އަހަރުވެސް މިޔަންމާ ސިފައިން ހިންގި ޖަރީމާތަކުގައި އެތައް ހާސް ބައެއްގެ ފުރާނަގޮސް، ހަތް ލައްކައަށްވުރެ ގިނަ މީހުން އެ ޤައުމު ދޫކޮށް ދާންޖެހިފައިވާއިރު، މި މައްސަލަތައް މުސްލިމު ޤައުމުތަކުގެ ފަރާތުން އައިސީޖޭއަށް ހުށައަޅާފައިވަނީ ގެމްބިއާގެ މުސްލިމް ޖަމާޢަތަކުންނެވެ.

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް

ސޫކީއަށް ގިނަ ފާޑުކިއުންތަކެއް ޢަމާޒުވަމުންދާއިރު، 2012 ވަނަ އަހަރު މިޔަންމާގެ ރަޚައިން ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި، 2015 ވަނަ އަހަރު ކުރިމަތިވި ރޮހިންގާ ރެފިއުޖީ ކްރައިސިސް އަދި އެކަމަނާ ވެރިކަމަށް ވަޑައިގެންނެވިފަހުން 2016 ވަނަ އަހަރުގެ ފަހުކޮޅު މިޔަންމާގެ އަސްކަރިއްޔާއިން ރަޚައިންސް ސްޓޭޓްގައި ހިންގި ލާއިންސާނީ އަދި ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ދެކޮޅަށް ސޫކީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިޔަންމާ ސިފައިންގެ އަނިޔާ ތަހައްމަލު ކޮށްފައިވާ ރޮހިންޖާ މުސްލިމުންތަކެއް

އެކަންކަމާއި ހަނު ހުންނަވާތީ އެ ކަަމަނާއަށް ވަނީ އދ. އާއި ދުނިޔޭގެ ފާޑު ކިޔުންތައް ޢަމާޒުވެފައެވެ. އެގޮތުން ސޫކީ އަށް އަރުވާފައިވާ ދުނިޔޭގެ ޞުލްޙައިގެ އިނާމު ވެސް އަތުލުމަށް ގޮވާލައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ މުޒަހަރާ ކޮށްފައެވެ.

- ކޮމެންޓް
11 ޑިސެންބަރ 2019 | ބުދަ 09:41
އައްޔަ
ހެޑިން ކަމަކުނުދޭ. އޭނާއަކީ ސުލްހައި ޗެންޕިއަންގެ ނަމުން މުހާތަބުކުރަންޖެހޭ ފެންވަރުގެ މީހެއްނޫން