Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:32
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ގޫގުލް
ހުޅުމާލެ ހޮސްޕިޓަލް
ހިތާނަ ކުރި ކުއްޖެއްގެ ކުރިމަތި ފަރާތް ފިހުނު މައްސަލަ ބަލަން ފަށައިފި
މި މައްސަލަ ދިމާވެފައިވަނީ 5 އަހަރުގެ ކުއްޖަކަށް
ހޮސްޕިޓަލުން ދަނީ މައްސަލަ ތަހުގީގުކުރަމުން
އެކަމުގައި ޝާމިލްވި މުވައްޒަފުންގެ އަތުން މިހާރު ބަޔާން ނަގައިފި

ހުޅުމާލޭ ހޮސްޕިޓަލުން ހިތާނަކުރި ކުއްޖެއްގެ ކުރިމަތި ފަރާތް ފިހުނު މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.

އެކަމާއި ގުުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހޮސްޕިޓަލްގައި ހިނގާފައިވާކަމަށާއި ކުއްޖާގެ ބެލެނެވެރިންނަށް ގުުޅައި ހާލަތު އޮޅުން ފިލުވުމުގެ އިތުރުން އެކަމަށް މައާފަށް އެދިފައިވާނެކަމަށެވެ. މާރިޔާ ވިދާޅުވީ، އެ މައްސަލައާއި ގުޅޭ ގޮތުން އެކަމުގައި ޝާމިލްވި މުވައްޒަފުންގެ ބަޔާންނަގައި އެކަން ހިނގި ގޮތް ތަހުގީގުކުރަމުންދާކަމަށެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ އުމުރުން އެންމެ 5 އަހަރުގެ ކުއްޖަކަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ކުއްޖާއަށް މައްސަލަ ކުރިމަތިވީ ގެއަށް ދޫކޮށްލި ފަހުންކަމަށާއި ކުރިމަތިފަރާތުން ލޭ އަންނާތީ ޑޮކްޓަރަށް ދެއްކައި ދިން ބޭހަކުންކަމަށެވެ.

މާރިޔާ ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި ހިނގައިގެން ވާނެފަދަ ކަމެއް ނޫންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް