Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 19:01
ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ
ޕްލޭނިން މިނިސްޓްރީ
ހަތް ރަށެއްގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފި
ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު

ހަތް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ މަޝްރޫއޫ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Advertisement

މުޅިން އަލަށް ދެ ރަށެއްގެ ބަނދަރު ޑިޒައިންކޮށް ހެދުމަށް ހަވާލުކޮށްފައިވާއިރު، ފަސް ރަށެއްގައި ބަނދަރު އަޕްގްރޭޑް ކުރަން ވަނީ ހަވާލުކުރެވިފައެވެ.

ޑިޒައިންކޮށް ބަނދަރު ހަދަން ހަވާލުކުރި ރަށްތައް:

ނ. ލަންދޫ

މުއްދަތު: 420 ދުވަސް

އަގު: 35 މިލިއަން ރުފިޔާ

އދ. މަންދޫ

މުއްދަތު: 330 ދުވަސް

އަގު: 37 މިލިއަން ރުފިޔާ

ބަނދަރު އަޕްގްރޭޑް ކުރަން ހަވާލުކުރި ރަށްތައް:

ދ. ހުޅުދެލި

މުއްދަތު: 362 ދުވަސް

އަގު: 39 މިލިއަން

ފ. ދަރަނބޫދޫ

މުއްދަތު: 397 ދުވަސް

އަގު: 38 މިލިއަން

ށ. ބިލެތްފަހި

މުއްދަތު: 365 ދުވަސް

އަގު: 31 މިލިއަން

ރ. ރަސްމާދޫ ބަނދަރު

މުއްދަތު: 365 ދުވަސް

އަގު: 19 މިލިއަން

ށ. ޅައިމަގު ބަނދަރު

މުއްދަތު: 480 ދުވަސް

އަގު: 56 މިލިއަން

މި އެއްބަސްވުން ތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް