Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 18:50
ޤާސިމް މަރާލެވުނު ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
ޤާސިމް މަރާލެވުނު ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ
ޓްވިޓަރ
މޯލްޑިވިސް ޕޮލިސް ސާރވިސް
އެންމެ ފަހުން މާލޭގައި ހިނގި 2 މަރުގެ މައްސަލައިގައިވެސް ފުލުހުންގެ އިދާރާއަށް ކުރިއެރުމެއް ނުހޯދޭ!
ގާސީމްގެ މައްސަލައިގައިވެސް ސީސީޓީވީ ފުޓޭޖް އެނަލައިޒް ކުރާތާ 4 ދުވަސްވެއްޖެ
މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
މއ.ޓޮމާޓޯ ގޭގެ ޓެރެހުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން އަދިވެސް ދެނެގަނެވިފައެއް ނުވޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މައްސަލައިގައިވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި އަދި ހޯމަ ދުވަހު މައްޗަންގޮޅި ގެއެއްގެ ޓެރަހުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ކާކުކަން އަދިވެސް ދެނެގަނެވިފައިނުވާކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ ބުދަ ދުވަހުގެރޭ އަނިޔާވެރިކޮށް މަރާލައިފައިވާ ޓެކްސީ ޑްރައިވަރު ގާސީމް ހަސަންގެ މައްސަލައާއި ގުޅިގެން އަދި އެކަމުގެ ތުހުމަތުގައިވެސް އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް ނެގެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒްކުރުންކަމަށެވެ.

Advertisement

އޭގެފަހުން 4 ދުވަސް ވެފައިވާއިރު ފުލުހުން ބުނެފައިވަނީ އަދިވެސް ސީސީޓީވީ ފުޓޭޖް އެނެލައިޒްކޮށް ނުނިމޭކަމަށެވެ. ނަމަވެސް މިއީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މއ. ޓޮމާޓޯ ގޭގެ ޓެރެސް މަތީގަ މަރުވެފައި އޮތްވާ ހޯމަ ދުވަހު ފެނުނު މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އޭނާއާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާތާ 1 ދުވަސްވެފައިވާކަން ފާހަގަކޮށްލެވޭ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް