Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 00:03
އަބުރު ފަންޑަށް އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިން އެހީދެއްވުން
އަބުރު ފަންޑަށް އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިން އެހީދެއްވުން
ގްރީން ސްޓްރީޓް
އަބުރު ފަންޑު
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފަންޑަށް ފައިސާ ހަދިޔާކުރަމުން

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި ހުޅުވާފައިވާ "އަބުރު ފަންޑަށް" އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިން ހިމެނިވަޑައިގަންނަވާ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

 

ރާއްޖެޓީވީގައި ބެހެއްޓި މި ފަންޑު ހުޅުވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފަންޑަށް ފައިސާ ހަދިޔާކުރަމުންނެވެ.

 

އެގޮތުން ހޮނިހިރު ދުވަހު ހަވީރު އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިގެ އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ އެހީ ދެއްވާފައެވެ.

 

ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިގެ ފަރާތުން ވާހަކަދެއްވި ފަރާތުން ބުނީ މިއީ އެމްޑީޕީގެ ހުޅުހެންވޭރު ދާއިރާއިގެ އަންހެން ކަނބަލުންގެ އިސްނެންގެވުމުގެ މަތިން އެކަނބަލުންގެ އަމިއްލަ ހައިސިއްޔަތުން ދެއްވި އެހީއެއް ކަމަށެވެ.

 

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ބެހެއްޓުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން އަންގާރަ ދުވަހު ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

 

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު ވެސް ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

 

މިފަންޑަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފަންޑު ފޮށި ބަހައްޓައިގެން އެހީތެރިކަން ފޯރުކޮށްދެމުންނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް