ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 15:19
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ނައުޓީ މަޓޮކްސް
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ނައުޓީ މަޓޮކްސް
އިންސްޓަގްރާމް
އެމްޑީޕީ
"ނައުޓީ" އަށް މަރުގެ އިންޒާރު ދިނުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި
އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެފަދަ ކަމެއް ނޫންކަމަށް ބަޔާނުގައިވޭ
އެ މައްސަލަ އޭނާ ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައި
އެކަން ކުރި މީހުން ހޯދައި އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާފައިވޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް "ނައުޓީ މަޓޮކްސް" އަށް މަރުގެ އިންޒާރު ދިން މައްސަލަ އެޕާޓީން ކުށްވެރިކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން އާދިއްތަ ދުވަހު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، "ނައުޓީ މެޓޮކްސް"އަށް މަރުގެ އިންޒާރުދީ، ބިރުދައްކާފައިވާތީ އެކަން އެ ޕާޓީއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ކަމެއްގައި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެފަދަ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

އެގޮތުން ޓްވިޓަރގައި ދެއްކި ވާހަކައަކާއި ގުޅިގެން 6 ޑިސެންބަރު 2019 ވީ ހޮނިހިރު ވިލޭރޭގައި ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވާ ކަމަށާއި، އެ މައްސަލަ އޭނާ ފުލުހުންނަށްވެސް ހުށައަޅާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެމްޑީޕީން ވަނީ އެކަން ކުރި މީހުން ހޯދައި އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ނައުޓީ މަޓޮކްސްގެ ޓްވިޓަރ އެކައުންޓުގައި ގާތްގަނޑަކަށް 27،000 އަށްވުރެ ގިނަ ފޮލޯވަރުން ހިމެނޭއިރު، އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް ދެކެވުނު ވާހަކައަކާއި ގުޅިގެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ ދީނާއި ގުޅޭގޮތުން ވާހަކަ ދައްކާކަަމަށް ބުނެއެވެ. އެގޮތުން އައްޑޫގައި ހުރި ނަމަވެސް މަރާލާނެކަމަށް ބުނެ އިންޒާރު ދިން ކަމަށް ޓްވީޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް