Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 13:53
އިނަރ މޯލްޑިވްސްގެ އޮފީސްތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލައިގައި ހައްޔަރު ކުރި މީހާ
އިނަރ މޯލްޑިވްސްގެ އޮފީސްތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލައިގައި ހައްޔަރު ކުރި މީހާ
ޕޮލިސް
އިނަރ މޯލްޑިވްސް
އިނަރ މޯލްޑިވްސްގެ އޮފީސްތައް ފަޅާލައި ވައްކަންކުރިކަމުގެ ތުހުމަތުވާ މީހާގެ ވަނަވަރު ހާމަކޮށްފި
ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރ މީދޫ ބުލްބުލާގޭ އަޒްމީލް މުޙައްމަދު
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އިނަރ މޯލްޑިވްސްގެ އޮފީސްތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އަމީރު އަހުމަދު މަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކޮށްފައިވާ މައްސަލަ ބުރާސްފަތި ދުވަހުގެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރ މީދޫ ބުލްބުލާގޭ އަޒްމީލް މުޙައްމަދުއެވެ.

Advertisement

ގެއްލުންދީ ވައްކަންކޮށްފައިވަނީ އިނަރ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހުންނެވެ.

އިނަރ މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގެ އޮފީސްތެރެއަށް މީހަކު ވަންނަނީ ދޮރު ފަޅާލައިގެންނެވެ. އަދި އޮފީސްތެރޭގައި ހުރި ސާމާނަށް ގެއްލުންދީ އެއްޗެއްހިތައް އުކާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް