Advertisement
ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 13:45
ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން
ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން
ރައީސް އޮފީސް
ރައީސް ސޯލިހު
އާޖެންޓީނާ ސައިޕްރަސް އަދި ނެދަލެންޑުގެ ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވައިފި
ސަފީރުން ފަތްކޮޅު ރައީސަށް އެރުއްވުން އޮތީ ރައީސް އޮފީހުގައި

އާޖެންޓީނާއާއި ސައިޕްރަސް އަދި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައެޅި ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަ އަރުވައިފިއެވެ.

އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ހަފުލާގައި އާޖެންޓީނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވީ އާޖެންޓީނާގެ އާ ސަފީރު ޑެނިއަލް ޗުބުރުއެވެ.

Advertisement

އަދި ސައިޕްރަސް އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު ރައީސަށް އެރުއްވީ އެޤައުމުގު އާ ސަފީރު އަގިސް ލޮއިޒޫއެވެ. މީގެ އިތުރުން ނެދަލެންޑުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ތަންޔާ ގޮންގްރިޖްޕް ވަނީ އޭނާގެ ސަފީރުގެ ފަތްކޮޅު ވެސް ރައީސްއަށް އަރުއްވާފައެވެ.

މި ތިން ސަފީރުންނަށް ވަނީ ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް