Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 13:31
ކައުންސިލްގެ ރައީސް އަބްދުލްމާޖިދު އަލީ
ކައުންސިލްގެ ރައީސް އަބްދުލްމާޖިދު އަލީ
ރާއްޖެއެމްވީ
ނ.މާފަރު
ކުނި ނައްތާލެވޭނެ ގޮތެއް ނެތުމަކީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން : މާފަރު ކައުންސިލް
ޒަމާނީ ކުނިކޮއްޓެއް ގާއިމްކޮށްފައި، ނަމަވެސް އަދިވެސް އެތަން ބޭނުންނުކުރެވޭ
ކުނި ނައްތާނުލެވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް
ދާދި އަވަހަށް މައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރަން

ރަނގަޅު ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުން، އެއީ މިހާރު ނ. މާފަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް އަބްދުލްމާޖިދު އަލީ ވިދާޅުވީ ކުނީގެ މައްސަލައަކީ ޙައްލު ކުރުމަށް ދަތިވެފައިވާ މައްސަލައެއް ކަމަށާއި، ޒަމާނީ ކުނިކޮށްޓެއް އެރަށުގައި ޤާއިމުކުރެވިފައި ވީނަމަވެސް އަދިވެސް އެތަން ބޭނުން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

Advertisement

އަބްދުލްމާޖިދު ވިދާޅުވީ މިހާރު ބޭނުންކުރަމުންދަނީ ކުނި އުކާލުމަށް ހަދާފައި އޮތް ވަގުތީ ކުނިކޮށި ކަމަށާއި، ކުނިނައްތާލަނީ އަންދައިގެން ކަމަށެވެ. އެރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތްތާ ގިނަ ދުވަސްތަކެއްވެފައިވާތީ ރައްޔިތުން ވެސް އެކަމާ ކަންބޮޑުވުންފާޅު ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުލްމަޖީދު ވިދާޅުވީ އުންމީދުކުރަނީ ޒަމާނީ ކުނިކޮށީގެ އެގްރީމެންޓު ދާދި އަވަހަށް ހެދި ކައުންސިލުގެ ބެލުމުގެ ދަށަށް އަންނާނެ ކަމަށެވެ. އަދި އެކުނިކޮށި ބޭނުން ކުރެވެން ފެށުމުން ކުނީގެ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު އުންމީދުކުރަނީ ވެމްކޯއާއެކު އެގްރިމެންޓް ހެދިގެން ދިޔާމަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް. އެބޭފުޅުންގެ އެއެގްރިމެންޓާއެއްކޮށް ކުނި ރަށުން ބޭރު ކުރެވޭ ކަމަށްވަނީ ނަމަ އެމައްސަލައަށް ހައްލެއް ލިބިގެންދާނެ.
އަބްދުލްމަޖީދު- ކައުންސިލްގެ ރައީސް

ނ. މާފަރުގައި މިހާރު 600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، އެ ރަށުގައި ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރެވިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްގެގޮތުގައި މަޖީދު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް