Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 14:06
ބަންޑާރަނައިބު
ބަންޑާރަނައިބު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ބަދަލުދެވޭނެ އެންމެ މަތީ މިންގަނޑެއް ކަނޑައަޅާ، އެއްބަސްވުންތަކުގަ ހިމަނަން އޭޖީއަށް ލަފާދިނުމަށް ފާސްކޮށްފި
ހިސާން ހުށަހަޅުއްވާފައިވާ ގަރާރުގައިވާ ކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ހަކަމެއް ކޮމިޓީން ވަނީ ނިންމާފައި

ސަރުކާރުގެ އެކިފަރާތްތަކާ އެކުވެވޭ އެއްބަސްވުންތަކުގައި ބަދަލުދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައެޅުއްވުމަށްފަހު، އެކަން އެއްބަސްވުންތަކުގައި ހިމެނުމަށް އެޓަރނީ ޖެނެރަލަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިމާޒުތަކާ މެދު ގެންގުޅޭ އުޞޫލުތައް މުރާޖަޢާކޮށް ދައުލަތަށް ބުރަނުވާނޭ އުޞޫލެއް ޤާއިމުކުރުމަށް ގޮވާލާ ޤަރާރު މާލިއްޔަތު ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ. މާލިއްޔަތު ކޮމިޓީން ދިރާސާކުރި މިކޮމިޓީ ރިޕޯޓު ހޮނިހިރު ދުވަހުގެ ޖަލްސާގައި ފާސްކޮށްފައިވާއިރު، އެކޮމިޓީ ރިޕޯޓުގައި ވަނީ ހިސާން ހުށަހަޅުއްވާފައިވާ ޤަރާރުގައިވާ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި 6 ކަމެއް ނިންމާފަ އެވެ. އެގޮތުން ބައެއް ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށް ބާރުއެޅުމަށް ކޮމިޓީން ނިންމާފައިވެއެވެ.

Advertisement

އެންމެ މުހިންމު އެއް ނިންމުމެއްގެ ގޮތުގައި ކޮމިޓީން ނިންމާފައިވަނީ މަދަނީ އިޖުރާޢަތުގެ ޤާނޫނު ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އޭޖީ އޮފީހުން އެކުލަވާލާ މަޖިލީހަށް ފޮނުވުމަށް އޭޖީ އަށް ދެންނެވުމެވެ. މީގެއިތުުރުން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެ ޢަމަލެއް ހިންގުމުން ލިބުނު ގެއްލުމަކަށް ޢަމަލުކުރި މީހަކު ބަދަލު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ބަދަލު ދޭންޖެހޭނެ އުޞޫލެއް ބަޔާންކޮށްފައި ނުވާތީ ކޮންޓްރެކްޓް ޤާނޫނުގައި، ބަދަލުގެ ގޮތުގައި ނެގޭނެ އުޞޫލާއި ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދެވެނޭ ކަމަށް ކަނޑައަޅާނަމަ އެއުޞޫލެއް އެ ޤާނޫނުގައި ހިމެނުމުގެ މަސައްކަތްކުރުމަށް އޭޖީއަށް ދެންނެވުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމިޓީން ދެން ނިންމާފައިވަނީ މާލިއްޔަތުގެ ޤާނޫނުގައި ދައުލަތުގެ މުވައްޒަފަކު އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެގެން ދައުލަތަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލަމަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާންޖެހޭނެ ކަަމަށް ހިމަނައި އެ ޤާނޫނު އިޞްލާޙުކުރުކުުގެ ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރެއްވުމަށް އޭޖީއަށް ދެންނެވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް