Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 11:48
މިނިސްޓަރު އަލީ ވަހީދު، ރައީސް ސޯލިހުއާއެކު
މިނިސްޓަރު އަލީ ވަހީދު، ރައީސް ސޯލިހުއާއެކު
ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
މިސަރުކާރަށް ފާޑުކިޔަން ޖެހޭ ހާލަތުގައި އެކަން ކުރަންޖެހޭ: މިނިސްޓަރު އަލީ ވަހީދު
ސަރުކާރު ހިންގާނީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭ ގޮތަށް
ސިޔާސީ ކުލައަށް ބެލުމެއްނެތި ފާޑުކިޔުންތައް ބަލައިގަންނާނެ
ރައްޔިތުންނަށް ވަޒީރުން ޖަވާބުދާރީ ކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ، މިސަރުކާރަށް ފާޑުކިޔަން ޖެހޭ ޙާލަތުގައި އެކަން ކުރަންޖެހޭ ކަމަށާއި، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 25 އަހަރުގެ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ތަޖުރިބާއެކު ރާއްޖޭގެ ޒަޢާމަތާ ރައީސް ޞާލިޙު ޙަވާލުވެވަޑައިގަތުމަކީ އެކަމުގެ މަންފާ ރައްޔިތުންނަށާއި ، ޤައުމަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނަކީ މިދަނޑިވަޅުގައި ޤައުމަށް ލިބޭނެ އެންމެ ފުރިހަމަ ރަނގަޅު ރައީސް ކަމަށެވެ.

Advertisement

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހަރުދަނާ ވިސްނުންފުޅުގެ ތެރެއިން މަޖިލިސް ވަރަށް ބާރު ސްޕީޑްގައި ހިނގާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށްވާއިރު، އެކަން ވެސް މަޖިލީހުގެ ތެރެއިން ކުރަމުން އަންނަ ކަމަށާއި، އެއީ ޤައުމަށާއި، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ލިބޭ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަނަށް ވަޒީރުން ދާންޖެހޭ. އެތަނަށް ވަޒީރުން ގިނައިން ދާން ޖެހުމަކީ މައްސަލައެއް ނޫން. އެމީހުންނާ ގިނައިން ސުވާލު ވެސް ކުރަންވީ. މިވެނި ކަމެއް ވީ ކިހިނެތްތޯ އަހަންވީ. އެއީ ޑިމަކްރަސީއެއް ހިނގާ ގޮތަކީ. ކުރީގަ ވެއްޖެއްޔާ ކުރީ ސަރުކާރާ މަޖިލީހާ ސަރުކާރާ ލިބުނީމަ އެތާގަ ދިގު ފާރު ދަމާފަ އެތަނުގެ ކޮންމެ އެއްޗެއްގައި ރަބަރ ސްޓޭންޕް ޖެހީ. އެސްޓޭންޕް ޖަހާ ނިމުނުއިރު މުޅި ކައިރީގަ ތިބި އެންމެނަށް ދަންދެން ޖަލަށްލާ ސްޓޭޕް ޖަހާ ނިމުނީ. މިހާރު އަޅުގަނޑު ދެކޭ ގޮތުގަ ހަރުދަނާ ޑިމްކްރަސީއެއް ރާއްޖޭގައި އެބައޮތް.
އަލީ ވަހީދު- ޓޫރިޒަމް މިނިސްޓަރު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ޞާލިޙުގެ މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، މިސަރުކާރުގައި ރައްޔިތުންނަށް ހުރިހާ ވަޒީރުން ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ. ޤައުމު ހިންގުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ފަދައިން ސަރުކާރަށް ފާޑު ކިޔަން ޖެހޭ ޙާލަތްތަކުގައި އެކަން ރައްޔިތުން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސަރުކާރުން ރައްޔިތުންގެ ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށާއި، ސަރުކާރު ހިންގާނީ ރައްޔިތުންގެ ޚިޔާލާއެކު، ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭނެ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލި ހިސާބުން މަސައްކަތް ކުރަމުން އައީ ޞުލްޙަ މަސަލަސްކަން ޤާއިމުކުރެވޭނެ ވެރިއަކު ގެނައުމަށް ކަމަށާއި، މިއަދު އެކަން ކާމިޔާބުވެފައިވާ ކަމަށެވެ. މިއަދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވި ނަމަވެސް ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ބޭއިންސާފުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށާއި، މަސައްކަތް ކުރާނީ ރައްޔިތުންގެ ހުވަފެންތަކުގަ ކުލަ ޖެއްސުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް