އެމެރިކާގައި އުފަންވާ ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަން ލިސްޓުގެ ގަދަ ދިހައަކަށް ފުރަތަމަ ފަހަރަށް މުހައްމަދު އަރައިފިއެވެ.
މަޝްހޫރު "ބޭބީ ސެންޓަރ" ވެބްސައިޓުން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ލިސްޓުން ފިރިހެން ކުދިންނަށް ކިޔާ ނަންތަކުގެ ތެރޭގައި މުހައްމަދު ނަމަށް ލިބިފައިވަނީ ދިހަވަނައެވެ. ބުދަ ދުވަހު މި ލިސްޓު އާންމުކޮށްފައިވާއިރު، ބޭބީ ސެންޓަރއިން ބުނީ މި ލިސްޓު އެކުލަވާލުމުގައި އެ ކުންފުނިން މުހައްމަދު ލިޔުމަށް އެކި ފަރާތްތަކުން ބޭނުންކުރާ ތަފާތު ގޮތްތައް އެއްކޮށްލާފައިވާނެ ކަމަށެވެ.
ބޭބީ ސެންޓަރއިން އާންމުކުރާ ލިސްޓުގެ ގަދަ ސަތޭކައަށް އެންމެ ފުރަތަމަ މުހައްމަދު އަރާފައިވަނީ، 2013 ވަނަ އަހަރުގައެވެ. އޭގެ ފަހުން މި ނަމުގެ މަގުބޫލުކަން ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އަ
 
                             
                     
                             
                        
                
    
 
                        
                
    
 
                        
                
    
