ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 13:42
އީރާނުގެ ރައީސް ހަސަން ރުހާނީ
އީރާނުގެ ރައީސް ހަސަން ރުހާނީ
އަލްޖަޒީރާ
އީރާނުގެ މުޒާހަރާ
އީރާނުގައި ސުލްހަވެރިކޮށް މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި އާންމުން ދޫކޮށްލުމަށް ގޮވާލައްވައިފި
މުޒާހަރާ ފެށީ 15 ނޮވެންބަރުގައި
ކުށެއް ނުކުރާ ރައްޔިތުން އިސްލާމީ ރިވެތި އުސޫލުގެ ދަށުން މިނިވަން ކުރާނެ
މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިންގާފައިވޭ

އީރާނުގައި ޕެޓްރޯލްގެ އަގުބޮޑުވުމާއި ގުޅިގެން ބޭއްވި މުޒާހަރާތަކުގައި ސުލްހަވެރިކޮށް ޙަރަކާތްތެރިވަމުންދަނިކޮށް ހައްޔަރުކުރި އާންމު ރައްޔިތުން ދޫކޮށްލުމަށް އެގައުމުގެ ރައީސް ހަސަން ރުހާނީ ގޮވާލައްވައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ނޮވެންބަރު 15 ގައި މުޒާހަރާ ކުރަން ފެށީ ގައުމުގައި ތެލުގެ އަގު ގާތްގަނޑަކަށް 300 ޕަސެންޓަށް އެރުމުންނެވެ. އެގޮތުން އިރާނުގެ 100 އަށްވުރެ ސިޓީ އަދި އަވަށްތަކުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ސަރުކަރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާފައެވެ. އަދި މިމުޒަހާރާތަކުގައި ގިނަ ބަޔަކަށް އަނިޔާވެ، އާންމުންގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ރައީސް ހަސަން ރޫހާނީ ވިދާޅުވީ ސުލްހަވެރިކަވެރިކަމާއެކު މުޒާހަރާ ކުރި، އަދި ކުށެއް ނުކުރާ އާންމު ރައްޔިތުން އިސްލާމީ ރިވެތި އުސޫލުގެ ދަށުން މިނިވަން ކުރަންޖެހޭ ކަމަށެވެ.

އިރާނުގެ ސަރުކާރުން ވަނީ މިމުޒާހަރާތަކަކީ އިރާނުގެ ސަރުކާރާ ދެކޮޅު ފަރާތްތައް ކަމަށްވާ އެމެރިކާ، އިސްރާއީލް އަދި ސައުދީ އަރަބިއްޔާ ގައުމުތައް އަޑީގައި ތިބިގެން ކުރުވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

މިމުޒާހަރާތަކުގައި މަރުވި މީހުންގެ ޢަދަދު އަދި މިހާތަނަށް ރަސްމީކޮށް އީރާނުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް