ލުބުނާންގައި އައު ބޮޑުވަޒީރެއް އައްޔަން ކުރުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން މީގެ މަހެއްދާ ދުވަސް ކުރިން ފެށުނު މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ބޮޑުވަޒީރު ސާދް ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަންނަ ހޯމަ ދުވަހު އައު ބޮޑުވަޒީރަކު އައްޔަންކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ނަމަވެސް ބޮޑުވަޒީރު ސާދް ހަރީރީ އިސްތިއުފާ ދެއްވި ނަމަވެސް ލުބުނާންގެ ރައީސް މައިކަލް އައުން ސުލްހައިގެ މަޝްވަރާތަކަށް އިޖާބަދީފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ރައީސްއާ ބައިތުހިފައިގެން ތިއްބެވި ސަރުކާރުގެ ބޭފުޅުން މަޖިލީހަށް ދިއުމަށް ވަނީ ދެކޮޅު ހަދާފައެވެ.
ލުބުނާންގައި މުޒާހަރާތައް ފެށުނީ ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިއުމާއި، އިސްތިއުފާ ދެއްވި ބޮޑުވަޒީރު ސާދް ހަރީރީ ގައުމުގެ ބައިތުލްމާލުން އަމިއްލަ ކަންކަމަށް ހަރަދު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
