މާލެ ސިޓީގައި ބުޅާ ގިނަވެ، ބުޅަލުގެ ނަޖިހުން ބަލިތައް ފެތުރޭ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ މަގުމަތީ ބުޅާ ގިނަވެ، ބުޅަލުގެ ނަޖިހުގެ ސަބަބުން ބަލިތައް ފެތުރޭތީ މިކަމަށް އަވަސް ހައްލެއް ހޯއްދެވުމަށް މޭޔަރ ޝިފާ މުހައްމަދު, ހެލްތް މިނިސްޓަރު ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ބުދަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަވުލުވުމުގައި މިމައްސަލާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ބުޅަލުގެ ނަޖިހުން ބަލިތައް ފެތުރޭ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފައިވާއިރު، ބުޅަލުގެ ޖަރާސީމުންޖެހޭ "ލާވާ މައިންރޭންސް" ފެތުރޭތީ ސަމާލުވުމަށް ނޮވެންބަރު މަހުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭ ބުނީ މިބައްޔަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި ނަމަވެސް މިހާރު މި ބަލި ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން މިބަލިން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި މި ބަލި ޖެހިފައިވާ ކަން އެނގިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކާ ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރެއެވެ.
ލާވާ މައިގްރަންސް އަކީ ބުޅަލުގެ ނަޖިހާއި ވެލީގެ ޒަރިއާއިން ފެތުރޭ ބައްޔެކެވެ. މިބަލި ޖެހެނީ ގައިގެ ހަންގަނޑަށެވެ.