Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 01:04
ފޮރިން މިނިސްޓަރު ޝާހިދު
ފޮރިން މިނިސްޓަރު ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޝާހިދު
އައު ސަރުކާރުގެ ވެރިންނާއި ބައްދަލުކުރެއްވުމަށް މިނިސްޓަރު ޝާހިދު ލަންކާއަށް ފުރާވަޑައިގެންފި
ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި
މުހިންމު ބައްދަލުވުންތަކެއް ބާއްވާނެ
ދެގައުމުގެ ދެމެދުގައި މުހިންމު ނިންމުންތަކެއް ނިންމޭނެ

ސްރީލަންކާގެ އަލަށް ހޮވުނު ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަވައްޓަރި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލައްކާއާ ރާއްޖޭގެ ގުޅުމަކީ އެތަކެއް ގިނަ އަހަރުތަކެއް ވެފައިވާ ބަދަހި ގުޅުމެއް ކަމަށާއި، މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement

މިނިސްޓަރު ޝާހިދު ވިދާޅުވީ މިދަތުރުފުޅުގައި ވެސް ބޭނުންތެރި ބައްދަލުވުންތަކެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ދެގައުމުގެ ދެމެދުގައި މުހިންމު ނިންމުންތަކެއް ނިންމޭނެ ކަމަށެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީ (އެސްއެލްޕީޕީ)ގެ ލީޑަރު އަދި ޤާނޫނު ހަދާ މަޖިލީހުގައި ކުރުނާގަލަ އަވަށް ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު، މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވީ ނޮވެންބަރު މަހުގެ 21 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ސްރީލަންކާ ގަޑިން 13:00 ޖެހިއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް