އުތުރު ކޮރެއާއިން ޖަޕާނެއް މިސައިލް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފިއެވެ.
އުތުރު ކޮރެއާއިން މި އިންޒާރު ޖަޕާނަށް ދީފައިވަނީ އެގައުމުން މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުކުރި ހަތިޔާރަކާ ބެހޭ ގޮތުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އަބޭ ވިދާޅުވެފައިވަނީ އުތުރުން ޖަޕާން ކަނޑާ ދިމާލަށް ފޮނުވާލީ ބެލިސްޓިސް މިސައިލެއް ކަމަށެވެ. މިއާއެކު އުތުރުކޮރެއާއިން ވަނީ އަބޭ އަކީ މޮޔައެއް ކަމަށް ވިދާޅުވެފަ މިސައިލް ހަމަލާގެ އިންޒާރު ދީފައެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީއެގައުމުން ޓެސްޓު ކުރީ ރޮކެޓް ލޯންޗާއެކެވެ. އަދި އަބޭއަށް އެއީ ބެލެސްޓިކް މިސައިލެއްކަން ނޭނގުމަކީ އަބޭގެ މޮޔަކަން ކަމަށް އުތުރުކޮރެއާއިން ވަނީ ބުނެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
