ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 09:07
މުސުމީ ވިއްސާރައިގައި ސްރީލަންކާއަށް ދަނީ ބޯކޮށް ވާރޭވެހެމުން
މުސުމީ ވިއްސާރައިގައި ސްރީލަންކާއަށް ދަނީ ބޯކޮށް ވާރޭވެހެމުން
ކޮލޮމްބޯ ޕޭޖް
ސްރީލަންކާ ވިއްސާރަ
މޫސުމީ ވިއްސާރައިގައި ސްރީލަންކާއިން 5 މީހުން މަރުވެއްޖެ
ވިއްސާރައިގައި ފަސް މީހުން މަރުވި
10 އަވަށަކުން ޖުމުލަ 5،415 މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވޭ

ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި ފަސް މީހުން މަރުވެއްޖެއެވެ.

ސްރީލަންކާގެ ކާރިސާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ އެޤައުމުގެ މީޑިއާތަކުން ޚަބަރު ފަތުރާގޮތުގައި، މިހާރު އެޤައުމަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފަސް މީހުން މަރުވެ 10 އަވަށަކުން ޖުމުލަ 5،415 މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވެއެވެ. މަރުވި ފަސްމީހުންގެ ތެރެއިން ހަތަރު މީހުންނަކީ އެއް ޢާއިލާއަކަށް ނިޞްބަތްވާ ތިން މީހުން ކަމަށާއި، އެމީހުން މަރުވީ ކިސަޑު ފޭބުމުގެ ޙާދިސާއެއްގައި ކަމަށް ޚަބަރުލިބެއެވެ.

މޫސުމީ ވިއްސާރައިގައި ކުރިމަތިވި ބިންގަނޑު ކަނޑައިގެންދިއުމާއި، ކިސަޑު ފޭބުމުގެ ޙާދިސާތަކުގައި 20 މީހުން ޙާލުގައި ޖެހި ސްރީލަންކާ ސަރުކާރުން އެމީހުން ރައްކާތެރި ހިސާބުތަކައް ބަދަލުކޮށްފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބައެއް އަވަށްތަކުގައި ފެންބޮޑުވަމުންދާތީ އެކަން ޙައްލުކުރުމުގެ މަސައްކަތްކުރިޔަށްދާ ކަމަށް ޚަބަރު ލިބެއެވެ. ސްރީލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ނުރައްކާތެރި މިންވަރަށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ސްރީލަންކާއަށް ބޯކޮށްވާރޭވެހި، ފެންބޮޑުވެދާނެކަމަށް ބަލައި ޢާންމުން އެކަމަށް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ބޯކޮށްް ވާރޭ ވެހޭނެކަމަށް އަންދާޒާކޮށްފައިވަނީ ޖަފްނާ، އަމްޕަރާ، ބައްޓިކަލޯއާ،ބަޑުއްލާ،ކިލިނޮއްޗީގެ އިތުރުން ޓްރިންކޮމަލީ އަވަށަށެވެ. މި އަވަށް ތަކަށް 100- 150 މިލިމީޓަރަށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދު ނުވަރަލިޔާ، ރަތުނަޕޫރާ، ކޭންޑީ،ގޯލް، މަތާރާ، ހަންބަންޓޮޓާ އަވަށަށް 100 މިލިމީޓަރަށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

އަދި ވިލާގަނޑުގައި ކަނޑުގެ ބާނިތައް ގަދަވެ، އައްސޭރިފަށުގެ އަވަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

- ކޮމެންޓް