Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 13:35
ހދ. ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެފައި
ހދ. ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެފައި
ކުޅުދުއްފުށި އޮންލައިން
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީގައި ފެންބޮޑުވެ ބައެއް ގެތަކުން މީހުން ހުސްކުރަނީ
ރަށުގެ 20 ގެއަކަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް ވިދާޅުވި
ތިން ގެއަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށީ މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން ތިން ގެއަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުދިއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ރަށުގެ 20 ގެއަކަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ތިން ގެއެއްގައި ބޭނުންކުރާ ތަކެއްޗަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން އެމީހުންގެ އާއިލާގެ ބައެއް ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަރުދަމާ ނިޒާމުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުގައި ފާޚާނާ ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަލާން ޖެހިފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

Advertisement

ފެންހިނދުމުގެ މަސައްކަތުގައި ސަރުކާރުގެ ވުޒާރާތަކުން އެހީތެރިވަމުންދާކަން ލަތީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް މޫސުން ގޯސްވުމާއި ގުޅިގެން އާދިއްތަ ދުވަހު ހެނދުނު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާރޓްވެސް ނެރެފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް