Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 13:03
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ޓްވިޓަރ
ޕްރޮގްރެސިވް ކޯލިޝަން
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ ފަސް މީހުން
އެންމެން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައި
ރައީސް ޔާމީން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައި

ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ ފަސް މީހެއް ކަމަށާއި އެ އެންމެންވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި އެ ކޯލިޝަންގެ ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު ލަތީފް އާއި އިބްރާހިމް ފައިސަލް އަދި އަބްދުﷲ މުހައްމަދެވެ.

Advertisement

މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން އިދިކޮޅު ކޮންގްރެސް އިން ނެރުނު ނޫސްބަޔާނުގައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތްވާގޮތުގެ މަތިން ރައީސް ޔާމީން ދޫކޮށްލަންދެން އެ ކޯލިޝަނުން ކުރާ އިހުތިޖާޖުތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ކޮންމެ ރެއަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސިލްސިލާ މުޒާހަރާ ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން މުޒާހަރާތައް ކުރާއިރު، އެ ބޭފުޅުންނަކީ މުޒާހަރާތައް ބޭއްވުމާއި ދެކޮޅަށް ޤާނޫނުތައް ބަދަލުކޮށްގެން، ހައްޤުތައް ހަނިކުރި ފަރާތްތަކެވެ. އަދި މަގުމަތިން ކަންކަން ހައްލުކުރުމުގެ ބަދަލުގައި ޝަރުއީ ދާއިރާއިން ކަންކަން ހައްލުކުރުމަށް އޭރުގައި އެބޭފުޅުން ގޮވާލަމުން ގޮސްފައިވެއެވެ.

ހުދުމުހުތާރު، އަނިޔާވެރި ވެރިޔެއްގެ ގޮތުގައި ރައްޔިތުން ސިފަކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، މަނީ ލޯންޑަރިނގްގެ ކުށް ސާބިތުވުމުންނެވެ. ރައްޔިތުންގެ ބައިތުލްމާލުން އަމިއްލަ މުސްހަނދިކަން ހޯދެވިކަމަށް ރައްޔިތުން ތުހުމަތުކުރާ އަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު، އެމަނިކުފާނު 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސްކޮށްފައިވެއެވެ. އަދި 6 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތުގެ ޓެކްސް އިދާރާއަށް ދެއްކުމަށް ހުކުމްގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް