Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 12:16
ޓްރެފިކް ޕޮލިސް މާލޭ މަގުތަކުގައި ހަރަކާތްތެރިވަނީ
ޓްރެފިކް ޕޮލިސް މާލޭ މަގުތަކުގައި ހަރަކާތްތެރިވަނީ
ޕޮލިސް
ފުލުހުން
މިދިޔަ މަހު އޭގެ ކުރީމަހަށް ވުރެ އިތުރަށް 1898 އުޅަނދުގައި ސްޓިކާ ޖެހި
ހުސްވި ނޮވެމްބަރ މަހު މާލޭގައި ފުލުހުން ސްޓިކާ ޖަހާފައިވަނީ 5287 އުޅަނދެއްގައި
އޮކްޓޯބަރ މަހު ފުލުހުން ސްޓިކާ ޖަހާފައިވަނީ 3389 އުޅަނދެއްގައި
ހުސްވި ނޮވެމްބަރ މަހު ހިނގާފައިވާ އެކްސިޑެންޓް އޭގެ ކުރީ މަހަށްވުރެ ވަނީ ދަށްވެފައި

ހުސްވި ނޮވެމްބަރ މަހު މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ސްޓިކާ ޖެހި އުޅަނދު އޭގެ ކުރީމަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ހަފްތާއަކު ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ނެރޭ ތަފާސްހިސާބުތަކަށް ބަލާލާއިރު ހުސްވި ނޮވެމްބަރ މަހު މާލޭގައި ފުލުހުން ސްޓިކާ ޖަހާފައިވަނީ 5287 އުޅަނދެއްގައެވެ. އޭގެ ކުރީ މަސް ކަމަށްވާ އޮކްޓޯބަރ މަހު ފުލުހުން ސްޓިކާ ޖަހާފައިވަނީ 3389 އުޅަނދެއްގަ އެވެ. އެއީ 1898 އުޅަނދުގެ އިތުރު އަދަދެކެވެ.

Advertisement

ޤަވާއިދާ ޚިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. އެކަން ތަކުރާރު ކޮށްފިނަމަ ދެވަނަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ތިން ވަނަ ފަހަރު 750 ރުފިޔާއިން އިން ޖޫރިމަނާކުރެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ހުސްވި ނޮވެމްބަރު މަހު ފުލުހުން ބަލާފައިވާ އުޅަނދުތަކުގެ ޖުމްލަ އަދަދަކީ 3533 ކެވެ. އޭގެކުރީ މަހު ފުލުހުން ބަލާފައިވަނީ 4784 އުޅަނދެކެވެ.

މީގެއިތުރުން މާލޭގައި ހުސްވި ނޮވެމްބަރ މަހު ހިނގާފައިވާ އެކްސިޑެންޓް އޭގެ ކުރީ މަހަށްވުރެ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ހުސްވި ނޮވެމްބަރ މަހު މާލޭގައި ހިނގާފައިވަނީ 157 އެކްސިޑެންޓެކެވެ. އޮކްޓޯބަރ މަހު މާލޭގައި ހިނގާފައިވަނީ 243 އެކްސިޑެންޓެކެވެ. އެކްސިޑެންޓްތަކުގައި ޖުމްލަ 34 މީހަކަށް މިދިޔަ މަހު އަނިޔާވެފައިވާއިރު އޭގެ ކުރީމަހު އެކްސިޑެންޓްތަކުގައި އެކިވަރުގެ އަނިޔާތައް 57 މީހަކަށް ލިބިފައިވެ އެވެ.

މިދިޔަ މަހު ފުލުހުން ޓޯ ކޮށްފައިވާ އުޅަނދު އޭގެ ކުރީމަހާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ޓޯ ކޮށްފައިވަނީ ވަނީ 320 އުޅަނދެވެ. އޭގެކުރީ މަހު ފުލުހުން ޓޯ ކޮށްފައިވަނީ 452 އުޅަނދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް