ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ބުރުއަރާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނިން ބުނީ ބްރޯޑްބޭންޑް ހިދުމަތަށް ދިމާވި މައްސަލަ ވީ އެންމެ އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިތަކާކުރިމަތި ވެދާނެކަމަށާއި ދިމާވާ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގުން އަންނަނީ ރާއްޖޭގެ 75 އިންސައްތަ ގޭބެސީއަށް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.