ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 10:11
ގޯއެއާގެ ފްލައިޓެއް
ގޯއެއާގެ ފްލައިޓެއް
ޓައިމްސް އޮފް އިންޑިއާ
ގޯއެއަރ
ގޯއެއަރގެ ދަތުރުތައް ޑިސެމްބަރު މަހު ރާއްޖެއަށް!
ދަތުރުތައް ހުއްޓާލީ މިއަހަރުގެ ޖުލައި މަހު
ގޯއެއަރ އިން ދަތުރުތައް ފެށުމަށްފަހު އިންޑިއާގެ ތިން ސިޓީއަކުން ރާއްޖެއަށް ދަތުރުތައް ކުރާނެ
ރާއްޖެއަށް ދަތުރު ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު

އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ ގޯއެއަރގެ ދަތުރުތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އަލުން ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގޯއެއަރ އިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ.

ގޯއެއަރ އިން ދަތުރުތައް ފެށުމަށްފަހު އިންޑިއާގެ ތިން ސިޓީއަކުން ރާއްޖެއަށް ދަތުރުތައް ކުރާނެއެވެ. އެގޮތުން އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުމްބާއި، ވެރިރަށް ނިއުދިއްލީ އަދި އައިޓީ މަރުކަޒު ބެންގަލޫރުން ސީދާ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މުމްބާއި އިން މާލެއަށް އަދި މާލެއިން މުމްބާއީއަށް ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހުކަމަށް ގޯއެއަރ އިން މައުލޫމާތުދެއެވެ.

ދިއްލީން މާލެއަށް އަދި މާލެއިން ދިއްލީއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. ބެންގަލޫރުން މާލެއަށް އަދި މާލެއިން ބެންގަލޫރަށް ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި އާދީއްތަ ދުވަހުގައެވެ.

އަހަރަކު 3.9 ބިލއަން ޑޮލަރުގެ ފައިދާއެއް ލިބޭ އިންޑިއާގެ ވާދިއާ ގްރޫޕުން އޮޕަރޭޓް ކުރާ ގޯއެއަރގެ ދަތުރުތައް ރަސްމީ ގޮތުން ފަށައި ފުރަތަމަ ދަތުރު ކޮށްފައިވަނީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ މުމްބާއީން އަހްމަދު އާބާދަށެވެ.

އިންޑިއާ އިން ތައިލެންޑްގެ ޕުކެޓަށް ކުރި ދަތުރާއެކު އެ އެއަރލައިނުގެ އިންޓަނޭޝަނަލް ދަތުރުތައް ވަނީ ފަށާފައެވެ.

- ކޮމެންޓް