ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:00
ރިޝްފާ އުމްރާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
ރިޝްފާ އުމްރާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
ފޭސްބުކް
ފިލްމީތަރި ރިޝްފާ
ފިލްމީތަރި ރިޝްފާ އުމްރާއަށް ފުރައިފި
އެނގިފައިވާ ގޮތުން އޭނާ އުމްރާއަށް ފުރާފައިވަނީ އަންގާރަ ދުވަހު
އޭނާގެ ފިލްމީ ގިނަ މަސައްކަތްތަކެއް ވެސް ކުރިޔަށް އެބަހުރި

ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ، މަޝްހޫރު ބަތަލާ އައިމިނަތު ރިޝްފާ އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ފުރައިފިއެވެ.

އެނގިފައިވާ ގޮތުން އޭނާ އުމްރާއަށް ފުރާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

ރިޝްފާ އުމްރާއަށް ފުރުމަށް ގޮސް އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އޭނާގެ ފޭނުންނާއި އެކުވެރިން އަންނަނީ އަމާން އަދި މަބްރޫރް އުމްރާއަކަށް އެދެމުންނެވެ.

ރިޝްފާ އަކީ "ދޭށެ މިބުނާ ލޯބި" ލަވައިން ފިލްމީ ދާއިރާގައި ފައިހަރުކޮށްލި ބަތަލާއެކެވެ. އޭނާ ވަނީ މިހާތަނަށް އައި އިރު އެތަކެއް ފިލްމު ތަކަކާއި ޑްރާމާ ސީރީޒް އަދި ލަވަ ތަކެއް ކުޅެ ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައެވެ.

ބައެއް އިޝްތިހާރުތަކުން ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރިޝްފާގެ ބައެއް ފިލްމު ތަކަށް ބަލާލާއިރު "ނޭންގި ޔާރު ވަކިވީ"، "އަހްޝަމް"، "ހައްދު" އަދި "ދިލަކަނި" ފަދަ ފިލްމުތައް ހިމެނެއެވެ.

އޭގެ އިތުރުން ފާތިމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ"ގެ މުހިއްމު ރޯލަކުން އޭނާ ފެނިގެންދިޔަ އިރު "އުމުރަށް ސަލާމް" އަދި "ވަކިވުމުގެ ކުރިން" ފަދަ ކާމިޔާބު ޑްރާމާ ތަކުން އޭނާ ވަނީ ފެނިފައެވެ.

ރިޝްފާގެ ގިނަ ޕްރޮޖެކްޓަކެއް ކުރިޔަށް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ނިއުމާގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި" އާއޮ "މާސްޓަރމައިންޑް" ހިމެނެއެވެ. އަދި ވެބް ސީރީޒް ހުވާގެ ދެވަނަ ސީޒަން އިން ވެސް ރިޝްފާ މުހިއްމު ރޯލަކުން ފެންނާނެއެވެ.

- ކޮމެންޓް