Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 16:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޖަމިއްޔާތަކުގެ ބިލާއި ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާފައިވާ ގަރާރު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް
ޖަމިއްޔާތަކުގެ ބިލް އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޖުތިމާޢީ ކޮމިޓީއަށް
ގަރާރު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް

ޖަމިއްޔާތަކުގެ ބިލާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކިބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅުއްވާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ޖަމިއްޔާތަކުގެ ބިލް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލް އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޖުތިމާޢީ ކޮމިޓީއަށެވެ.

ޖަމިއްޔާތަކުގެ ބިލްގައި ވަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައަޅާނީ ޔޫތު މިނިސްޓްރީންނެވެ. މީގެއިތުރުން މިބިލްގައި ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭނެ ގޮތާއި އުވާލެވޭނެ ގޮތް ބަޔާންވެގެންވެ އެވެ.

Advertisement

ދެން އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތުމަށް ފާސްކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން ހުށަހަޅުއްވާފައިވާ ގަރާރެކެވެ. މިގަރާރު ބަލައިގަތުމަށް ފެންނަކަމަށް 53 މެމްބަރުން ވޯޓު ދެއްވި އެވެ. މި ގަރާރު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ.

އަލީ ހުސައިން ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ މިގަރާރަކީ ބިންހިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ތަރައްޤީ ކުރަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކިބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ފުޅާ ދާއިރާއެއްގައި ރުއްގަސް ނަގައިގެން އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާކަމަށެވެ. އަދި މިކަން ހުއްޓުވުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަށާއި، މުޅި ސަރުކާރަށާއި ކަމާބެހޭ ވުޒާރާއަށާއި ރައީސުލްޖުމްހޫރިއްޔާ އަށް މިކަންތައް އިލްތިމާސްކުރާކަމަށް މިގަރާރުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް