ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 18:37
އިބްރާހިމް ނިޒާރު
އިބްރާހިމް ނިޒާރު
އަވަސް
ގައުމީ އަންހެން ވޮލީ ޓީމު
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ނިޒާރު ހަމަޖައްސައިފި
ނިޒާރު ވަނީ ގައުމީ ފެންވަރުގައި 20 އަހަރު ވޮލީ ކުޅެފައި

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ނިޒާރު ހަމަޖައްސައިފިއެވެ.

އަންނަ ޑިސެމްބަރ މަހު ނޭޕާލްގައި އޮންނަ ސާފް ގޭމްސްއަށް އަމާޒުކޮށް ވޮލީ ޓީމުގެ ކޯޗަކަށް ނިޒާރު ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ މިހާރުވެސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު އަދީލް (ބޭބެ) އާއި މުހައްމަދު ފައިސަލެވެ. އަދި މެނޭޖަރަކީ މިހާރުވެސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ ހާމިދާ އަބްދުލް އަލީމެވެ.

ގައުމީ ފެންވަރުގައި 20 އަހަރު ނިޒާރު ވޮލީ ކުޅެފައިވާއިރު، އޭނާ ވަނީ އެކި ޓީމުތަކާއެކު ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އަދި އޭނާ ވަނީ މީގެ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ގައުމީ ފިރިހެން ބީޗް ވޮލީ ޓީމަށް ބަދަލު ގެނެސްފައިވާއިރު، މިހާރު ކޯޗަކަށް ހަމަޖައްސާފައިވަނީ އަބްދުﷲ ނަޝީދުގެ ބަދަލުގައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދުނާން އަބްދުލް ހަމީދުއެވެ. އަދި ފުރަތަމަ ފަހަރަށް އަންހެން ބީޗް ވޮލީ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއިލް ރިފާއު (ޗިޗޫ) ވަނީ ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް