ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 18:05
ރާނީ މުކަރްޖީ
ރާނީ މުކަރްޖީ
ޒީ ނިއުސް
މަރްދާނީ 2
ރާނީގެ މަރްދާނީ 2 ގެ ޓްރެއިލަރ އާންމުކޮށްފި
ރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލް
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު
ފިލްމްގެ ޕްރޮޑިއުސަރ އަކީ އަދިތްޔާ ޗޯޕްރާ

ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު 'މަރްދާނީ'ގެ ދެވަނަ ބައިގެ ޓްރެއިލަރ އާންމުކޮށްފިއެވެ.

މި ފިލްމްގެ ފުރަތަމަ ބަޔަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމް ރިލީޒްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

މަރްދާނީ 2 ގައި ރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލެވެ. މި ފިލްމުގެ ޓްރެއިލަރ އިން ދައްކުވައިދެނީ ޒުވާން އަންހެން ކުއްޖަކު މަގުމަތިން ލިފްޓެއް ހޯދާ މަންޒަރެވެ. އަދި އޭނާއަށް ލިފްޓް ދޭ އުމުރުން 21 އަހަރުގެ ފިރިހެން މީހާ އޭނާ ރޭޕް ކުރުމަށްފަހު މަރާލާފައި މަގުމައްޗަށް އެއްލާލާ މަންޒަރު ފެނިގެންދެއެވެ. ރާނީ އެމީހާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު އޭނާގެ މަޅީގައި މިފަދަ އެތައް އަންހެން ކުދިންތަކެއް ޖައްސުވަން މަސައްކުރާ މަންޒަރު ޓްރެއިލަރ އިން ފެނިގެންދެއެވެ.

މަރްދާނީ 2 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

ޔަޝްރާޖް ފިލްމްސް ބެނަރގެ ދަށުން ގެނެސްދޭ މަރްދާނީގެ ޕްރޮޑިއުސަރަކީ ފުރަތަމަ ފިލްމުގެ ވެސް ޕްރޮޑިއުސަރު އަދި ރާނީ މުކަރުޖީގެ ފިރިމީހާ އަދިތްޔާ ޗޯޕްރާއެވެ.

ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ފިލްމް" ހިޗްކީ" އިންނެވެ.

- ކޮމެންޓް