މާވެލްގެ "އެވެންޖަރސް: އެންޑްގޭމް" ނިމޭއިރު ކެޕްޓަން އެމެރިކާ އޭނާގެ ޝީލްޑް ފެލްކަންއަށް ދީ، ސުޕަރހީރޯ ދުނިޔެ ދޫކޮށްފައިވީ ނަމަވެސް، އަދިވެސް އެ ރޯލުން ފެނިދާނެކަށް ކްރިސް އެވަންސް ބުނެފިއެވެ.
ކްރިސް މިހެން ބުނެފައިވަނީ ވެރައިޓީ ސްޓޫޑިއޯސްގެ "އެކްޓަރސް އޮން އެކްޓަރސް"ގެ އެޕިސޯޑެއްގައި އެވެންޖަރސްގެ ފިލްމްތަކުން ބްލެކްވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަންއާ އެކު ކުރިއަށްދިޔަ ވަން-އޮން-ވަން އިންޓަވިއުއެއްގައެވެ. ނަމަވެސް، މި ވަގުތު އެފަދަ އެއްވެސް ވިސްނުމެތް ނެތްކަމަށާއި އެއްވެސް ވަރަކަށް އެ ރޯލަށް އަލުންދާން ބޭނުން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.
ކްރިސް ބުނީ، ކެޕްޓަން އެމެރިކާގެ ރޯލަށް އޭނާ އަތަކެއް ފަހަރު ނޭނެކޭ ބުނިކަމަށާއި އަދި އެންމެ ފަހުން އެއްބަސްވެ އެކަންތައް އިއުލާން ކުރުމުން އެތަކެއް ޕްރެޝަރތަކެއް އައި ކަމަށެވެ. އަދި ނަސީބު ގަދަކަމުން، ބެލުންތެރިން އޭނާގެ އެ ރޯލް ބަލައިގަނެފައިވާކަމަށާއި، ނަމަވެސް އެހާ ދުވަސް ވަންދެން މި ބަލައިގަތުން "ޓެސްޓް ކުރާކަށް ނުވޭނެ" ކަމަށް އޭނާ ބުންޏެވެ.
އެހެނަސް، ކްރިސް ބުނެފައިވަނީ މާވެލްއިން އަލުން އެ ކްރެކްޓަރ ގެންނަމަ، އެމީހުން އެކަންތައް ކުރާނީ ފައިސާއަށް ނޫންކަމަށާއި ވާހަކައަށް ކަމަށެވެ. އެހެންކަމުން، އެ ރޯލުން ދުވަހަކުވެސް ނުފެންނާނެކަމަށް ނުބުނާނެކަމަށެވެ.
ކްރިސް އެވަންސްގެ ކެޕްޓަން އެމެރިކާގެ ރޯލުން ފުރަތަމަ ފެނިފައިވަނީ "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖަރ" ގައެވެ. އެއީ 2011 ވަނަ އަހަރެވެ. އަދި އެއަށްފަހު، ކްރިސް އާއި އޭނާގެ ރޯލް ވަނީ މާވެލް ސިނަމެޓިކް ޔުނިވަރސްގެ މުހިއްމު ބަޔަކަށް ވެފައެވެ.
"ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖަރ" ގައި ފެންނަނީ ސްޓީވް ރޮޖަރސް ކެޕްޓަން އެމެރިކާއަށް ވާގޮތެވެ. ދިމާވާ ކަންތައްތަކެއްގެ ސަބަބުން ސްޓީވް 70 އަހަރު ފަހުން ހޭއަރާއިރު، އޭނާގެ ހަށިގަނޑަށާއި އުމުރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، އެ ކަންތައް ގަނޑުގެ ސަބަބުން އޭނާގެ ހަގީގީ ލޯބިވެރިޔާ، ޕެގީ ކާޓަރ ގެއްލެއެވެ. "އެވެންޖަރސް: އެންޑްގޭމް" ނިމޭއިރު ކެޕްޓަން އެމެރިކާ އޭނާގެ ޝީލްޑް ފެލްކަންއަށް ދޭއިރު، ސްޓީވް ފެންނަނީ އުމުރުން ދުވަސްވެފައެވެ. އަދި އޭނާއާއި ޕެގީއާ އަލުން ގުޅިފައިވާކަން އިނގެއެވެ.