ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 22:49
ލިޔުން ހަވާލުކުރުމުގެ ތެރެއިން
ލިޔުން ހަވާލުކުރުމުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސައިފި
އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ ދެ އަހަރު ދުވަހަށް
ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި

ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރ އަކަށް އަލްފާޟިލް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައިފިއެވެ.

މި މަޤާމަށް އަސްޢަދު ޢަބްދުލްޣަނީ ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ބުދަ ދުވަހުގެ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އަސްޢަދު ޢަބްދުލްޣަނީ 2 އަހަރު ދުވަހަށް މަސައްކަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަސްޢަދު ޢަބްދުލްޣަނީ އަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން އަދާކޮށްފައިވާ ދިވެހި ކުޅިވަރުގައި ކާމިޔާބު އަދި ދިވެހި ރައްޔިތުން އޭނާގެ ކާމިޔާބީއަށް ފަޚުރުވެރިވާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް