ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 18:29
ބާސާ އަދި ރެއާލް ބައްދަލުކުރި މެޗެއްގެ ތެރެއިން
ބާސާ އަދި ރެއާލް ބައްދަލުކުރި މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
އެލްކްލެސިކޯ
އެލްކްލެސިކޯ ޑިސެމްބަރ 18 ގައި ކުޅެން ނިންމައިފި
މެޗު ކުޅެން ނިންމާފައިވަނީ ބާސާ ދަނޑުގައި

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލް ކްލެސިކޯ މެޗު ޑިސެމްބަރ 18 ވަނަ ދުވަހު ކުޅެން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް މި މެޗު ޑިސެމްބަރ 18 ވަނަ ދުވަހު ކުޅެން ނިންމާފައިވަނީ ބާސެލޯނާގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

ބާސެލޯނާގައި މުޒާހަރަތައް ބާއްވަން ފެށީ ކެޓަލޯނިއާގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާން ސްޕެއިންގެ ކޯޓުން ހުކުމް ކުރުމުންނެވެ. އެގޮތުން ބާސެލޯނާގައި މުޒާހަރާތައް އިތުރުވެފައިވާއިރު، ހަމަނުޖެހުންތައްވެސް އަންނަނީ ގިނަވަމުންނެވެ.

މި މެޗު ބާސެލޯނާ ދަނޑުގައި ކުޅެން ހަމަޖެހިފައިވާއިރު، މެޗުގެ ކުޅުން ރެއާލްގެ ދަނޑަށް ބަދަލުކުރުމަށް ދެ ކްލަބުންވެސް އެއްބަސްވެފައެއް ނުވެއެވެ. އެގޮތުން މެޗު ކުޅޭ ގޮތަށް ނިންމާފައިވަނީ ކުރިންވެސް ނިންމި ގޮތަށް ބާސާގެ ކޭމްޕް ނޯގައެވެ.

މެޗު ކުޅެން ހޮނިހިރު ދުވަހެއްގައި ބާސާއިން ހުށަހަޅާފައިވާއިރު، ރެއާލުން ހުށަހަޅާފައިވަނީ ހަފުތާގެ މެދު ތެރެއިން ދުވަހެކެވެ. ނަމަވެސް މެޗު ކުޅެން މިހާރު ނިންމާފައިވަނީ ރެއާލުން އެދިފައިވާ ގޮތަށް ހަފުތާގެ މެދު ތެރެއިން ބުދަދުވަހުއެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މެޗަކީ ލީގުގައި ދެ ޓީމަށް ވެސް އެންމެ މުހިންމު މެޗެވެ. އަދި މިއީ އެންމެ ގިނަ ބަޔަކު އުންމީދު ކުރާ މެޗުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް