ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 14:42
ޔުވެންޓަސް އަދި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އަދި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ބީބީސީ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޑިބޭލާގެ ދެ ލަނޑާއެކު ޔުވެންޓަސްއަށް މޮޅެއް
މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 ގެ ހަނި ތަފާތަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަދި ލޮކޮމޯޓިވް މޮސްކޯ ބައްދަލު ކުރި މެޗު ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 ގެ ހަނި ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޔުވެންޓަސް އިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން އައި އިރު ޔުވެންޓަސް އިން ދިޔައީ ލޮކޮމޯޓިވް މޮސްކޯ ގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް ލޮކޮމޯޓިވް މޮސްކޯ އިން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސީ މިރަންޗުކް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ލޮކޮމޯޓިވް މޮސްކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މިހާފުގައި ޔުވެންޓަސް އިން ވަނީ ލޮކޮމޯޓިވްގެ މޮސްކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. މެޗުގައި ޔުވެންޓަސް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑިބާލާ ވަނީ އިތުރު ލަނޑެއްޖަހާ މެޗުން ޔުވެންޓަސް މޮޅުކޮށްދީފައެވެ.

މިނަތީޖާ އާއި އެކު ޔުވެންޓަސް އިން ގްރޫޕް "ޑީ" ގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔުވެންޓަސް ގްރޫޕްގެ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް