Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 16:05
ކޮމިޝަނަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރާއްޖެއެމްވީ
އެމްޑީއެންގެ މައްސަލަ
ސީޕީ ކުޑަދުވަސްކޮޅަކު އެމްޑީއެންގައި މަސައްކަތްކުރެއްވި، ރިޕޯޓު ހެދުމުގައި ބައިވެރިވެފައެއް ނުވޭ : ފުލުހުން
ސީޕީ ހަމީދަށް ވަނީ މަރުގެ އިންޒާރު ދީފައި
ސިޕީ ހަމީދު މީގެ ކުރިން އެމްޑީއެންގައި މަސައްކަތް ކުރެއްވި
ފުލުހުންގެ ވަޒީފާހުރެގެން އެމްޑީއެންގެ އެއްވެސް ޙަރަކާތެއްގައި ހަމީދު ބައިވެރިއެއް ނުވޭ

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަމިއްލަ ޙައިޞިއްޔަތުން ކުޑަ ދުވަސްކޮޅަކަށް މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވަރކް (އެމްޑީއެން) ގައި މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ދީނަށް ހަޖޫޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވެފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ފުލުހުން އެހެން ބުނެފައިވަނީ އެމްސީ ހަމީދު އެމްޑީއެންގެ ޑެޕިއުޓީ ޗެއަރގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ނުބެލޭނެކަން ޔަޤީންކަމަށް ޢާންމު ފަރާތްތަކުން ޓްވިޓަރ ގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން މޯލްޑިވިސް ޕޮލިސް ސަރވިސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުޙައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކްގެ އެއްވެސް މަޤާމެއް އަދާކުރައްވާފައި ނުވާކަމަށާއި އެ ޖަމިއްޔާގައި މަސައްކަތް ކޮށްފައިވެސް ނުވާކަމަށެވެ. ނަމަވެސް މަޤާމާއި ޙަވާލުވެވަޑައިގަތުުގެ ކުރިން އަމިއްލަ ޙައިޞިއްޔަތުން އެ ޖަމިއްޔާގައި މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ ޒިންމާ އަދާކުރުމުގައި ހުންނަވަނިކޮށް އެ ޖަމްޢިއްޔާގައި އެއްވެސް މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިނުވާކަން ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، މިހާރު ތަހުޤީގުކުރަމުންދާ އެމްޑީއެންގެ ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ހަމީދު ބައިވެރިވަޑައިގެންފައިނުވާ ކަމަށާއި އެ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ތަހްޤީގުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކޮމިޝަނަރަ މުޙައްމަދު ހަމީދުގެ އިތުރުން މޯލްޑިިވްސް ޕޮލިސް ސަރވިސް އިން ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ވަނީ އެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި މާތްﷲ އަށާއި ރަސޫލާ (صلى الله عليه وسلم) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އަދި ޢާންމުންގެ ފާޑު ކިޔުންތައް ޢަމާޒުވުމުން އެ ރިޕޯޓް ނެގުމަށް ފަހު އެމްޑީއެންއިން ވަނީ މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ.

އެ ރިޕޯޓުގެ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުން ވެސް ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އެމައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ޙާޟިރުކޮށް ބައެއް ފަރާތްތަކަށް ޗިޓު ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީއެންގެ މައްސަލައިގައި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދަށް ސޯޝަލް މީޑިއާގައި އެކި އެކައުންޓްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ދަނީ މަރުގެ އިންޒާރުދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް