Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 16:25
ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވޯޑާއި ހަވާލުވެލައްވަނީ
ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އެވޯޑާއި ހަވާލުވެލައްވަނީ
ޓްވިޓަރ
ދިވެހިބަހުގެ އެކަޑަމީ
ސާކު ލިޓެރަރީ އެވޯޑް ދިވެހި ބަހުގެ އަޝްރަފަށް!
ސާކު އަދަބީ މަހާސިންތާ ބާއްވާތާ މިއީ 57 ވަނަ އަހަރު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަަން(ސާކް) ގެ ލިޓެރަރީ އެވޯޑު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއަށް ލިބިއްޖެ އެވެ.

Advertisement

އަޝްރަފަށް އެ އެވޯޑް ޙަވާލުކޮށްދެއްވާފައިވަނީ މިހާރު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އަދަބީ މަހާސިންތާގެ ތެރެއިން ނެވެ. އެ މަހާސިންތާގައި ބައިވެރިވެފައިވަނީ ދެކުނު އޭޝިއާގެ ލިޔުންތެރިންނާއި އަދަބިއްޔާތާބެހޭ ޖަމްއިއްޔާ އަދި މުއައްސަސާތަކުންނެވެ.

މި އަހަރުގެ މިއެވޯޑު އަޝްރަފަށް ލިބިވަޑައިގެންނެވީ އޭނާ ޝާއިއުކުރައްވާފައިވާ ފޮތްތަކާއި ލިޔުންތަކާއި އުގަންނައިދިނުމާއި އަދަބިއްޔާތު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށްފައެވެ. އަޝްރަފްގެ އިތުރުން އިތުރު ދެ ބޭފުޅަކަށް މިއަހަރުގެ މި އެވޯޑް ލިބިފައި ވެއެވެ.

ދިވެހި ބަހުގެ އެކަޑެމީ އުފެދުނީއްސުރެ އެތަނުގެ ރައީސްއަކަށް ހުންނެވީ އަޝްރަފެވެ. ލިންގުއިސްޓިކް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލު ކުރައްވާފައިވާ އަޝްރަފް ގެންދަވަނީ ކޮލެޖްތަކާއި ސްކޫލުތަކުގައި ދިވެހި ބަހުގެ ދާއިރާގެ ކޯސްތަކައް އުގަންނައި ދެއްވަމުންނެވެ.

ސާލް ލިޓްރޭޗަރ އެވޯޑަކީ ދެކުނު އޭޝިޔާ ޞަރަޙައްދުގައި އަދަބިއްޔާތަށް ޚިދުމަތްކުރައްވާ ފާރާތްތަކުގެ އަގުވަޒަންކޮށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ. މި ގޮތުން 1962ވަނަ އަހަރުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާބެހޭ ޖަމްއިއްޔާ އަދި މުއައްސަސާތަކުން ގެންދަނީ މި މަހާސިންތާ ބާއްވަމުންނެވެ. މިއީ މީގެ 57 ވަނަ މަހާސިންތާ އެވެ.

މި މަހާސިންތާގެ ބޭނުމަކީ ދެކުނު އޭޝިއާގެ ޤައުމުގެ ލިޔުންތެރިންނާއި އަދަބީ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް، މެމްބަރު ޤައުމުތަކުގެ އަދަބިއްޔާތުގެ މަސައްކަތްތައް އެއްޤައުމު އަނެއް ޤައުމަށް ތަޢާރަފުކޮށް، ހިއްސާ ކުރުމެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައ މި މަހުގެ 18-20އަށް ކުރިޔަށްދާ ދެކުނު އޭޝިޔާގެ އަދަބީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ތަޤްރީރުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
19 އޮކްޓޯބަރ 2019 | ހޮނިހިރު 22:27
ހޭހް
މީގެ ކުރިންވެސް ދިވެއްސަކަށް ތިއެވޯޑު ލިބިފައިވޭ! އެއީ 2011 ގައި އޮގަރު ވަހީދަށް. https://en.wikipedia.org/wiki/SAARC_Literary_Award
19 އޮކްޓޯބަރ 2019 | ހޮނިހިރު 19:19
މަމްދޫހާ
މަރުޙަބާ! އަޝްރަފް