Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 13:07
ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން
ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން
ރާއްޖެއެމްވީ
ރ.ނިކޮޅަސް
ކިނޮޅަހުގެ ބަނދަރު ހަދާފައިވާ ގޮތް ރައްކާތެރިކަން ނޫން: ހަސަން
ބަނދަރު އާންމުންނަށް ހުޅުވާލިއިރު ވެސް މައްސަލަހުރި
ކަނޑުތޮށި ވަރަށް ތިރި، ރާޅު އަރަނީ ރަށުތެރެއަށް

ރ.ކިނޮޅަހުގެ ބަނދަރު ހަދާފައިވާ ގޮތް ރައްކާތެރިކަން ނޫން ކަމަށާއި، ދިޔަވަރުބޮޑުވާ މޫސުންތަކުގައި ރައްޔިތުންނަށް ގެއްލުންވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

އެތެރެދުނި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކިނޮޅަހުގެ ބަނދަރު ހަދާފައިވަނީ ހަދަންޖެހޭ ސަރވޭތައް ހަދައި ބަލަންޖެހޭ ބަލަންޖެހޭ ވަރަށް ބެލުމަށްފަހު ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، ބަނދަރު އާންމުންނަށް ހުޅުވާލިއިރު ވެސް ބޮޑެތި މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.

Advertisement

ހަސަން ވިދާޅުވީ ބަނދަރަށް ވެލިވަނުމާއި، ކަނޑުތޮށި ތިލަވުމުގެ ސަބަބުން ހިފެހެއްޓުމެއްނެތި ބޮޑެތި ރާޅުތައް ވަނުމުގެ މައްސަލައާ އަދި އެއްގަމު ޖެޓީ ކައިރިން ވެލި ގަބާ މައްސަލަ ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ދިޔަވަރު ބޮޑުވާ މޫސުންތަކުގައި ވެސް ރަށަށް ރާޅު އަރައި އާންމުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ މިމައްސަލަ 2011 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް މާ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ނުވާ ކަމަށާއި، މިމައްސަލައަށް ހައްލު ނުލިބުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ބަނދަރުގެ މަސައްކަތް ހަވާލުކުރީ ރައީސް މައުމޫންގެ ވެރިކަމުގައި. އެބަނދަރު ނިމުނީ ރައީސް ނަޝީދުގެ ވެރިކަމުގައި. ބަނދަރުގެ މަސައްކަތް ކުރީ އައިމާ ކޮންސްޓްރަކްޝަނުން. 2010 ވަނަ އަހަރު ބަނދަރު ނިމުމުން ބޭނުންކުރަން ފެށީ. ރަސްމީކޮށް ނުހޮޅުވާ. ބަނދަރުގެ މަޝްރޫއަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަކަށް ނުދެންނެވޭނެ. ބަނދަރު މިހާރު އޮތްގޮތުން ވަރަށް ގެއްލުން ދައްކާ. ކަނޑުތޮށި އާދަޔާ ހިލާފަށް ތިރި އެއްގަމު ޖެޓީއެވަރަށް ތިރި. އުދަރާ ދުވަސްވަރު ޖެޓީ ކައިރިގައި ސައިކަލު އެއްޗެހި ޕާކުކޮށްފައި ނުބެހެއްޓޭނެ. ރާޅު ރަށު ތެރެއަށް އަރަނީ އޮނޑިދޯނި ފަހަރު އަޅާފަ ބާއްވަން ވެސް ރައްކާތެރިއެއް ނޫން.
ހަސަން ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް ރައްޔިތުންނާއި ގާތުން މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މިސަރުކާރާއެކު ކިނޮޅަހުގެ ރައްޔިތުންގެ އުންމީދުތައް ވެސް އާވެފައިވާ ކަމަށެވެ. މިހާރު ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ކުލަ ޖެހުމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ ރަށުގެ ތަރައްގީއަށް ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރެވިފައިވާ ކަމަށާއި، އުންމީދު ކުރަނީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ބަނދަރުގެ ސަރވޭ ކުރިއަށް ގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް