Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 09:08
މި ހަމަލާތަކުގައި 62 މީހަކު ވަނީ މަރުވެފަ
މި ހަމަލާތަކުގައި 62 މީހަކު ވަނީ މަރުވެފަ
އަލްޖަޒީރާ
އަފްޣާނިސްތާނު
އަފްޣާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާދީފި!
ހުކުރު ނަމާދުވަގުތުގައި ދިން މި ހަމަލާތަކުގައި ވަނީ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި

އަފްޣާނިސްތާނުގެ ނަންގަރްހާރުގައި ހުރި މިސްކިތަކަށް ބޮމުގެ ހަމަލާދީ 62 މީހުން މަރާލައިފިއެވެ.

ހުކުރު ނަމާދު ވަގުތުގައި ދިން މި ހަމަލާތަކުގައި ވަނީ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވަނީ ރެސްކިއުޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މަރުގެ އަދަދު އިތުރުވުން އެކަށިގެންވާ ކަމަށެވެ. މި ހަމަލާތައް ހިނގި ވަގުތު މިސްކިތުގައި 350 މީހުން ތިބި ކަމަށާއި ހަމަލާތަކާއި ގުޅިގެން މިސްކިތުގެ ފުރާޅު ވެއްޓުނު ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ހަމަލާތައް އަފްޣާނުގެ ސަރުކާރުން ކުށްވެރިކޮށްފައިވާއިރު އެއްވެސް ބަޔަކު މި ހަމަލާތަކުގެ ޒިންމާއެއް ނަގާފައެއް ނުވެއެވެ. އަފްޣާން ސަރުކާރުން ބުނީ މިފަދަ ޖާނުން ފިދާވުމުގެ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި ތާލިބާނުން އާމުންނަށް ޓާގެޓުކޮށް ކުރާ މިފަދަ ލާއިންސާނީ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

ނަމަވެސް ތާލިބާނުން ވަނީ މި ހަމަލާތަކުގެ ޒިންމާ ނެގުމަށް ދެކޮޅު ހަދާފައެވެ. ތާލިބާނުން ބުނީ މި ހަމަލާތަކުގެ ޒިންމާ ނަގަންޖެހެނީ ކަބުލް އެޑްމިނިސްޓްރޭޓީވް ފޯރސް އިން ކަމަށެވެ.

މި ހަމަލާތައް ދީފައި މިވަނީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން އަފްޢާނިސްތާނުގައި ހިނގަމުންދާ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް