މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި 18 ފަރާތަކުން މިފަހަރު ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯ ހުކުރު ދުވަހު ފަށާފައިވާއިރު މެޑިކަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓު މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރެވެ.
މި އެކްސްޕޯ މި މަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާއިރު ކޮންމެ ދުވަހެއްގެ ހަވީރު 4 އަކުން ރޭގަނޑު 11 ޖެހުމާއި ހަމައަށް ދަރުބާރުގޭގައި މިއެކްސްޕޯ ކުރިއަށްދާނެއެވެ. އެކްސްޕޯގެ ތެރެއިން ތަފާތު އެކި ހޮސްޕިޓަލްތަކާއި ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްވީ މެޑިކަލްސްގެ ޑިރެކްޓަރ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސެއިން ވިދާޅުވީ މިކަހަލަ އެކްސްޕޯއެއްގެ ސަބަބުން ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށާއި މިފަދަ އެކްސްޕޯއެއްގެ ސަބަބުން ބޭރުގެ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެ ކަމަށެވެ.
އެކްސްޕޯގައި ބައިވެރިވި ފަރާތްތައް:
- އާސިރިީ ހޯލްޑިންގްސް
- ލަންކާ ހޮސްޕިޓަލްސް
- އެމްވީ މެޑިކަލްސް ފްރައިވެޓް ލިމިޓެޑް
- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން
- ހެލްތް ޕްރޮޓެކްޝަން އޭޖެންސީ
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
- ދަމަނަވެށި
- އިންޑިގޯ
- ސަމަދު ފަރޓިލިޓީ އެންޑް މެޓާނިޓީ ހޮސްޕިޓަލްސް
- ޑާޑަންސް ހޮސްޕިޓަލް
- އެސްޓަރ މިމްސް ކޮއްޓަކަލް
- ފިޓްޒޯން
- ފިޒިކަލް ފިޓްނަސް ސެންޓަރ
- ވިލާ ކޮލެޖް
އެކްސްޕޯގައި ބައިވެރިިވި ފަރާތްތަކުން ބުނީ މިއީ ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށާއި އެކްސްޕޯގެ ތެރެއިން އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ ތަފްސީލީ މައުލޫމާތެއް ލިބިގެންދާނެ ކަމަށެވެ.
އެމްވީ މެޑިކަލްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިއްޙީ ދާއިރައާގުޅޭ އެންމެ ބޮޑު ހެލްތު އެގްޒިބިޝަނެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.