Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 13:46
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
މޯލްޑިވްސް އިންޑިޕެންޑެންޓް
ހުކުރު ޚުތުބާ
ޚުތުބާ އަޑު އެހުމުގެ ބަދަލުގައި މިސްކިތުން ބޭރުގައި ސަކަރާތް ޖެހުން ވަނީ އާންމުވެފައި: ޚުތުބާ
ޚުތުބާއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ
ޚުތުބާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް

ޚުތުބާ އަޑު އެހުމުގެ ބަދަލުގައި މިސްކިތުން ބޭރުގައި ސަކަރާތް ޖެހުން ވަނީ އާންމުވެފައިވާ ކަމަށާއި، މިފަދަ ކަންކަމުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ހުކުރުގެ ދަރުމަ އާއި ސަވާބު ހެޔޮގޮތުގައި ލިބިގަންނާށެވެ'' މިމަމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ހުކުރު ދުވަހުގެ ޚުތުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމަށެވެ. އަދި ޚުތުބާއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ބައެއް ފަރުދުން މިފަދަ ކަންކަމާ އެއްވެސް ސަމާލު ކަމެއް ނުބަހައްޓާކަމަށާއި، ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާކުޑަ ކުރާ ކަމަށެވެ.

ޚުތުބާގައި ބުނީ ހުކުރު އަޅާފައި ދަތުރު ދިޔުމާއި އަދި މިނޫން ވެސް ތަފާތު ކަންކަމުގައި މަޝްއޫލުވެ ތިބޭ ކަމީ ހިތާމަކުރި ކަމެއް ކަމަށެވެ. އަދި މަގުބޫލް އުޒުރަކާ ނުލާ ހުކުރަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement

މީގެ އިތުރުން ޚުތުބާގައި ބުނީ މާތްﷲއަށް ހަމްދާއި ތައުރީފްކޮށް، މާތް ﷲއަށް ތަގުވާވެރިވުމަށް ވަސިއްޔަތް ކުރާއިރު، ޚުތުބާ އަޑު އެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބާ ކަމަށެވެ. ނަމަވެސް ޚުތުބާއަޑު އެހުމަކީ އިންސާނުންނަށް މާއުލާކަން ބޮޑުވާއިރު، މިފަހަކަށް އައިސް އިމާމު ޚުތުބާ އިއްވާއިރު މިސްކިތުގެ ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުން ބޭރުގައި ވެސް ވާހަކަދައްކަން ތިބުމަކީ ބައެއް މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަހުރި މަންޒަރެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ޚުތުބާ އަޑު އެހުމުގެ ބަދަލުގައި މިސްކިތުން ބޭރުގައި ތިބެ އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމާއި، ހީސަމާސާ ކުރުމާއި، މޯބައިލް ފޯނުން ގޭމް ކުޅުމާއި، މެސެޖް ކުރުމާއި، ފޭސްބުކަށް ވަނުމާއި، ސިނގިރޭޓް ބުއިމާއި މިކަހަލަ ދުނިޔެވީ ކަންތަކުގައި މަޝްއޫލުވެގެން ތިބޭ މަންޒަރު ފެންނަ ކަމަށާއި، މިސްކިތުގެ ތެރޭގައި ޖާގަ ހުންނައިރު ގަސްގަސް ދޮށުގައްޔާއި، ހިޔާ ގަނޑުގަނޑުގައި ތިބެ އިމާމު މީހާ ޚުތުބާ ކިޔާ ނިމި، ހުކުރު ނަމާދަށް ޤަމަތް ދިނުމުން އެމީހަކު ޖެހުނުތަނެއްގައި މުސައްލަ އަޅައިގެން ނަމާދުކުރާ މަންޒަރު ފެންނަ ކަމަށެވެ.

ނަމާދުގައި ޤިބްލައަށް ކުރިމަތިލުމަކީ ނަމާދު ސައްހަވުމުގެ ޝަރުތެއްކަން ފާހަގަކުރައްވައި ޚިތުބާގައި ބުނީ އެހެންކަމުން ތިމާއަށް ހުރެވެނީ ރަނގަޅަށް ޤިބްލައަށް ކުރިމަތިލައިގެންތޯ ޔަގީންކަން ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ ހުކުރު ނަމާދުގެ މަގްސަދާ ހިލާފު ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.

ހުކުރު އަޅާ މީހުން އެބައިމީހުން އެކަމުން ދުރުވާހުށިކަމެވެ. ނޫނީ މާތްﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާ ހުއްޓެވެ. ދެން އެބައިމީހުން ޢާފިލުވީ މީހުންގެ ތެރެއިން ވެދާ ހުށިކަން ކަށަވަރެވެ.
ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޚުތުބާގައި ބުނީ ތިމާ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރިވުން ނުވަތަ އެނޫން ވެސް ޝަރުއީ އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އެހެންކަމުން ހުކުރު ނަމާދަށް ފަރުވާތެރިވެ އަވަހަށް ހުކުރަށް އައުމަށާއި، ހުކުރު ދުވަހުގެ ހުރުމަތްތެރިކަމަށް ސަމާލުވުމަށް ރައްޔިތުންނަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް