Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:39
ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަނުން ކުރިއަށްގެންދަނީ
ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަނުން ކުރިއަށްގެންދަނީ
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލް އަހަރު 2019
ރިޕޯޓް ކާޑާއެކު ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާނެ: އެޑިއުކޭޝަން
ފޮތްތައް ދޫކުރަން ފަށާނީ 21 ނޮވެމްބަރުގައި

އަންނަ އަހަރު ސްކޫލް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ސްކޫލް ބަންދުވާ އިރު ދަރިވަރުންނަށް ފޮތްތައް ހަވާލުކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒު ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސްކޫލްތައް ބަންދު ކުރުމާ ހަމައަށް ހުރިހާ ސްކޫލްތަކަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ހަވާލުކުރާނީ ސްކޫލްތައް ބަންދުވާ ދުވަހު ކަމަށެވެ. މި އަހަރުގެ ފަހު ޓާމްގެ ކިޔެވުމަށްފަހު ބޮޑު ބަންދަށް ސްކޫލްތައް ޗުއްޓީއަށް ދާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. ރިޔާޒް ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ދޫކުރަން ފަށާނީ ރިޕޯޓް ކާޑާއެކު ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ ދަރިވަރުންނަށް ބޭނުންވާ ވަރަށް ފޮތްތައް ހަމަކުރެވިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 21 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ދަރިވަރުންނާއި ފޮތްތައް ހަވާލުކުރަން ފަށާނެ ކަމަށެވެ.

2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ބުނާގޮތުން ޖެނުއަރީ 7 ގައި ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްކުރަން ޖެހޭނެއެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ ޖެނުއަރީ 12 ގައެވެ. އެއަށްފަހު ފުރަތަމަ ޓާމްގެ މިޑްޓާމަށް ސްކޫލްތައް ބަންދު ކުރާނީ 8 މާރޗްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް