Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:35
މިނިސްޓަރު މަލީހު ރައީސް ސޯލިހުއާއި އެކު
މިނިސްޓަރު މަލީހު ރައީސް ސޯލިހުއާއި އެކު
ރައީސް އޮފީސް
މިނިސްޓަރު މަލީހު ޖަމާލް
ޝައްކު ނުކުރައްވާ، މި ސަރުކާރުގައި އިންޓަރނެޓް އަގުހެޔޮވެގެންދާނެ: މަލީހު
އިންޓަރނެޓް އަގުހެޔޮ ކުރުމަށް ދުރު ރާސްތާ ޕްލޭންއެއް އޮތް ކަމަށް ވިދާޅުވި
ކޮން ދުވަހެއް ކަމެއް ވިދާޅެއް ނުވޭ

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އިންޓަރނެޓްގެ އަގުހެޔޮކުރާނެ ކަމަށާއި، އެކަމާއި މެދު އެއްވެސް ބަޔަކު ޝައްކުކުރަން ނުޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ހާޒިރު ކޮށް، އެ ކޮމިޓީގެ މެމްބަރުންވަނީ މި ދުވަސްވަރު ރައްޔިތުންގެ ތެރޭގައި، އެންމެ ބޮޑަށް ދެކެވޭ އިންޓަނެޓް އަގުހެޔޮކުރުމާއި ބެހޭ ގޮތުން މިނިސްޓަރު މަލީހުއާ ސުވާލު ކުރައްވާފައެވެ.

Advertisement

ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން އިންޓަރނެޓް އާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމަށް ވަޑައިގެންނެވީ މަލީހު ވިދާޅުވީ، އިންޓަރނެޓް އަގު ހެޔޮކުރުމަށްޓަކައި ދުރު ރާސްތާކޮށް ކުރަން ރާވާފައިވާ ކަންތައްތައް އެބަހުރި ކަމަށާއި، އިންޓަރނެޓަކީ އަސާސީ ހައްގެއްގެ ގޮތުގައި އޮންނަޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ދެވޭ އިންޓަރނެޓަކީ ފެންވަރު ރަނގަޅު އެކަށީގެންވާ އަގެއްގައި ދެވޭ ރައްޔިތުންނަށް ފުރިހަމަ ހިދުމަތް ލިބޭ އެއްޗަކަށް ވާން ޖެހޭކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޓަރނެޓްގެ އަގު ތިރިވެގެންދާނެ ކަމަށެވެ.

ސަރުކާރުގެ ވައުދުގައި ކަނޑައެޅިގެން މިވެނި ތާރީހެއްގައި އެކަން ކުރާނީ ބަޔާންކޮށްފައެއް ނެތް. ރައީސްގެ އެކި އެކި ވާހަކަފުޅު ތަކުގައިވެސް މިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައި.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލިޖީ މަލީހު ޖަމާލް

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ރާއްޖޭގައި އިންޓަރނެޓް ފޯރުކޮށްދޭ ފަރާތްތަކާއި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މަލީހު ވަނީ މީގެ ކުރިން، ޕްރެސް ކޮންފަރެންސް ތަކުގައި ވިދާޅުވެފައެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އިންޓަރނެޓް އަގުހެޔޮ ކުރުމުގެ އެންމެ ފަހުގެ މައުލޫމާތު ޖޫން މަހު ރައީސް އޮފީހަށް ފޮނުވާފައެވެ.

ދުނިޔޭގެ އެންމެ އިންޓަރނެޓް އަގުހެޔޮ ލިސްޓުގައި ރާއްޖެ އުޅެނީ 116 ވަނަ އަށެވެ. ރާއްޖޭގެ އިންޓަރނެޓްގެ އަގަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އިގްތިސާދު ކުރިއަރާފައިވާ ސިންގަޕޫރް، ހޮންގކޮންގ، އޮސްޓްރޭލިޔާ ފަދަ ގައުމުތަކަށްވުރެ ބޮޑު އަދަދެކެވެ. ދުނިޔޭގެ އެންމެ އިންޓަރނެޓް އަގުހެޔޮ ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނޭއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
4 ނޮވެންބަރ 2019 | ހޯމަ 17:26
އިންޓަރނެޓް
ދެން ހެޔޮ މިހާރު ވެއްޖެ...