Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:23
ވާރޭ ވެހޭތީ މީހުން ކުޑަ ނަގައިގެން ހިނގަނީ
ވާރޭ ވެހޭތީ މީހުން ކުޑަ ނަގައިގެން ހިނގަނީ
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ޔެލޯ އެލާޓް ނެރެފައިވަމީ ހުކުރު ދުވަހުގެ ހެނދުނު 10:45 އިން މެންދުރު 2:00 އަށް

ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަމީ ހުކުރު ދުވަހުގެ ހެނދުނު 10:45 އިން މެންދުރު 2:00 އަށެވެ.

ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

Advertisement

މީގެ އިތުރުން އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ އިރު، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް