Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:31
ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަލްސާއެއްގައި
ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަލްސާއެއްގައި
ރައީސް އޮފީސް
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ސަލަފުން ހުށަހަޅައިފި
އެމްޑީއެންގެ ރިޕޯޓުގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދައްކަވާކަމަށް ތުހުމަތުކޮށްފައިވޭ
ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައިވޭ

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް ޖަމިއްޔަތުއް ސަލަފުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ހުށަހަޅައިފިއެވެ.

ޖަމިއްޔަތުއްސަލަފުން މިނިސްޓަރު ޒާހިރަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށާއި, ކީރިތި ރަސޫލާއަށް ފުރައްސާކޮށް ނެރެފައިވާ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓު ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވާ ކަމަށެވެ.

ސަލަފުން ބުނީ އެމްޑީއެންގެ އެރިޕޯޓަކީ އިސްލާމްދީނަށް ފުރައްސާރަކޮށް އެދީނުގެ މަތިވެރި ނަބިއްޔާ މުހައްމަދުގެފާނު ޝަހްސިއްޔަތަށް ގަދަރުކުޑަކޮށް، ގުރުއާންގައި ﷲ ދެއްވާފައިވާ ޚަބަރުތަކަކީ ފްލޯކުކަމުގައި ދައްކައި މުޅި ދީނުގެ ހުރިހާ އަސާސެއް މުގުރައިލުމުގެ ބޭނުމުގައި ތައްޔާރުކޮށްފައވާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ތަފާތު އެކި މަގާމުތަކުގައި އެމްޑީއެންގެ ރިޕޯޓު އަނބުރާ، ހޭރިޔާ ކޮށްގެން ހީލަތްތެރި އަދި މަކަރުވެރި އަންދާޒެއްގައި އިސްލާމްދީނަށް ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއީ އާދައިގެ ކަމެއްގައި ކަމުގައި ދައްކައި، މި ދިވެހި އިސްލާމީ މުޖުތަމައުގެ މުޅި ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިގެންދާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުންދާ ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލާން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބުދިނުމަށް ސަލަފުން ވަނީ ހުށަހަޅާފައެވެ.

Advertisement

ސަލަފުން ބުނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭނެ ކަމަށާއި ވަކި މީހަކަށް ވަކި ގޮތެއް ހެދުމަކީ އަނިޔާވެރިވުން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެޖަމިއްޔާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޖަމިއްޔަތުއް ސަލަފު ހަރަކާތްތެރިވަނީ އެމްޑީޕީގެ ވެރިކަންތަކުގަ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށްވެސް ގިނަ މަސައްކަތްތަކެއް ދީނީ އިލްމްވެރިންގެ ނަމުގައި އެ ޖަމިއްޔާއިން ކޮށްފައިވެއެވެ. ނިމުނު އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދީނީގޮތުން ހިޔާލުތަފާތުވުންތަކާއި، ދީނާއި ހިލާފު އެތަކެއް ކަންތައްތަކެއް ފެންމަތިވިއިރު އެ ޖަމިއްޔާ އޮތީ މަޑުމައިތިރިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް