Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 15:02
ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑެތި ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނުމަށް ޕީޖީ އޮފީހުން ލަފާއަރުވައިފި
ބިލުގެ އެ މާއްދާގައި ސިއްރު ހިފެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެހެން ގާނޫނުތަކާއި އެއްގޮތް ވޭތޯ ބެލުން މުހިއްމު ކަމަށާއި އެއްގޮތް ނުވާނަމަ، އެ މާއްދާގެ މަގުސަދެއް ހާސިލު ނުވާނެ ކަމަށް ޕީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑެތި ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާއަރުވައިފިއެވެ.

ޕީޖީ އޮފީހުން މިގޮތަަށް ލަފާ އަރުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގައި ވާހަކަ ދައްކަމުންނެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ކޮމެޓީ ބައްދަލުވުމުގައި ވަނީ ކުޑަކުދިންގެ އަދުލުގެ ބިލުގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުގެ 68 ވަނަ މާއްދާއަށް އަލިއަޅުވާލަމުން ޕީޖީ އޮފީހުން ބުނީ ކުޑަކުއްޖަކަށް ގޯނާކުރާ މައްސަލަ ރިޕޯޓުކުރާ ފަރާތްތުގެ ސިއްރު ހިފެހެއްޓުމަށް އެ ބިލުގައިވާ މާއްދާއެއްގައި ބަޔާންކޮށްފައިވާއިރު ބައެއް ހާލަތްތަކުގައި ސިއްރު ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ބިލުގެ އެ މާއްދާގައި ސިއްރު ހިފެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އެހެން ގާނޫނުތަކާއި އެއްގޮތްވޭތޯ ބެލުން މުހިއްމު ކަމަށާއި އެއްގޮތް ނުވާނަމަ، އެ މާއްދާގެ މަގުސަދެއް ހާސިލު ނުވާނެ ކަމަށް ބުންޏެވެ.

Advertisement

68 ވަނަ މާއްދާގެ (ހ) ރިޕޯޓު ކުރުމުގެ ނިޒާމެއް ގާއިމު ކުރުން، މި މާއްދާގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން މައްސަލަ ރިޕޯޓު ކުރާނެ ނިޒާމެއް މިނިސްޓަރު ގާއިމުކޮށް، އެކަން އާއްމު ކުރަންވާނެކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ މި މައްދާގެ (ހ) ގައި ބަޔާން ކުރާ ރިޕޯޓުކުރުމުގެ ނިޒާމުގެ މަގްސަދަކީ ކުޑަކުއްޖަކީ އެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ބެލެވޭ ހާލަތުގައި އެކަން ޔަގީން ކުރުމަށްޓަކައި ސިއްރު ހިފެހެއްޓިފައިވާ ރިޕޯޓިންގ ނުވަތަ ރެފަރަލް ނިޒާމެއް ގާއިމުކޮށް، އެފަދަ ކުދިންގެ މައްސަލަތައް ބަލާ، އެ މައްސަލަތަކަށް ހައްލެއް ހޯދާ ދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ޕީޖީ އޮފީހުން ބުނީ ރިޕޯޓު ކުރާ ފަރާތުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތް އެއްކޮށް ބަލާލުން މުހިއްމު ކަމަށެވެ.

ކުޑަކުދިންގެ ޕްރޮޓެކްޝަންގެ ރިޕޯޓީންގެ ކޮންފިޑެންޝިއާލިޓީ ހިފެހެއްޓުމާއި (ސިއްރުހިފެހެއްޓުން) މި ކަންތައްތައް ހުރިހާ މުއައްސަސާއަކުން ކުރާ މަސައްކަތަށް ވެސް އެއްކޮށް ކަންނޭންގެ ބަލާލަން ޖެހެނީ. މިސާލަކަށް ކުއްޖާގެ ޕްރޮޓެކްޝަންއާއި (ރައްކާތެރިކަން) ގުޅޭ އިޝޫ (މައްސަލަ) އެއް އަންނައިރުގައި ހަމަ ސައިމަލްޓޭނިއަސްލީ (އެއްވަގުތެއްގައި) ހަމަ އައުން އެކަށީގެންވޭ ކްރިމިނަލް އެސްޕެކްޓުން ކުއްޖާއާއި ގުޅޭ ކޭސްއެއްވެސް. ލެޓްސް ސޭ (ބަލަމާ) މި ހުށެހެޅެނީ މައްސަލައެއް ކުއްޖާއަށް އެބިއުސްކުރާކަމުގެ. އެހެންވެއްޖިއްޔާ ޕްރޮޓެކްޝަން އިޝޫ (ރައްކާތެރިކަމާއި ގުޅޭ މައްސަލައެއް) އެއްވެސް އެބައުޅޭ. ކުއްޖާއާއި މެދު ޖިންސީ އަމަލެއްވެސް އެބަ ހިނގާ ކްރިމިނަލް އެސްޕެކްޓަކުން ބަލާއިރުގައި. ރިޕޯޓު ކުރާ ފަރާތަކީ ކުއްޖާގެ މަންމައަށް ވުންވެސް އެކަށީގެންވޭ. އެކުއްޖާ އެބިއުސްކުރަނީ (ގޯނާ) ކުރަނީ މަންމަގެ ޕާޓްނަރ ކަމަށް ވެދާނެ. އެހެން ކަމަށް ވަންޏާ މަންމަ ޕާޓްނަރ އާއި ދެކޮޅަށް މި ހުށަހަޅާ މައްސަލައިގައި މަންމަ ބޭނުންވާނެ މަންމަގެ އައިޑެންޓިޓީ ޕްރޮޓެކްޓު ކުރަން. ނޫނީ ބޭނުން ނުވެދާނެ މި މައްސަލަ ހުށަހެޅީ ސީދާ މަންމަ ކަން ބަޔާން ކުރަން. މަންމަ މޭބީ ގޮއިންގް ތްރޫ ޑޮމެސްޓިކް ވަޔަލެންސް ޓޫ (މަންމަ އަކީ ގެވެށި އަނިޔާގެ ޝީކާރައަކަށް ވެފައިވާ މީހަކަށް ވެދާނެ).
ޕީޖީ އޮފީސް

މިހެން ކަންތައްތައް އޮތްއިރު ޕީޖީއިން ބުނީ، ޝަރީއަތުގެ މަރުހަލާގައި ރިޕޯޓުކުރި ފަރާތުގެ މައުލޫމާތު ސިއްރު ކުރެވޭނެކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ. އަދި އެ ޔަގީން ކަން ދެވެން ނެތީ މިހާރު ގާނޫނުތައް ހެދިފައިވާގޮތުން، ސިއްރު ހެކި ހުށަހެޅެނީ ހަމައެކަނި ބޮޑެތި ޖިނާއީ މައްސަލަތަކުގައި އެކަނި ކަމަށްވުމުން ކަމަށެވެ.

މިގޮތަށް ކަންބޮޑުވުން ފާޅުކުރުމުން ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އެއްކޮށް ކުރެވެމުންދަނީ އެ ދެގާނޫނުގެ މަގްސަދުތައް ފުރިހަމަ ކުރުމަށްޓަކައި އެހެން ގާނޫނު ތަކުގައި ހުރި ކަންކަން ފާހަގަކުރުމަށްޓަކާ ކަމަށެވެ. އަދި އެކަންތައްތައް ފާހަގަކޮށް، ހުށަހަޅާނެ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

ކޮމެޓީއިން ރިޕޯޓު އެކުލަވާލާ، ހުށަހަޅާއިރު ޕީނަލް ކޯޑުގެ އެކްސްޕްލޮއިޓޭޝަނަށް އުގޫބާތެއް ވެސް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ އެކަންކަމަށް އޮތް ހައްލަކީ އިސްލާހު ހުށަހެޅުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް