Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 14:07
މަދިރި ނައްތާލުމަށް މަޖިލީހުން ބޭނުންކުރާ ވަސީލަތް
މަދިރި ނައްތާލުމަށް މަޖިލީހުން ބޭނުންކުރާ ވަސީލަތް
މަޖިލިސް
މަޖިލިސް
މަދިރި މަރާ ވަސީލަތްތަކެއް ސޮނެވާފުށިން މަޖިލީހަށް ހަދިޔާކޮށްފި
އެވަސީލަތަކީ އެއްވެސް ކެމިކަލެއް ބޭނުންކުރާ އެއްޗެއް ނޫން

އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް މަދިރި ނައްތާލެވޭ ވަސީލަތްތަކެއް ސޮނެވާ އައިލެންޑް ރިސޯޓުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހަދިޔާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި މަދިރި މަރާ "ޓްރެޕް"ތަކާއި ހަވާލުވެވަޑައިގެންނެވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ. އެތަކެތި ހަވާލުކޮށްދެއްވީ ސޮނެވާ ފުށީގެ ޕެސްޓް ކޮންޓްރޯލް މެނޭޖަރާއި އެރިސޯޓްގައި މަދިރި ނައްތާލުމަށް ހިންގާ ޕްރޮޖެކްޓް މަނޭޖަރެވެ.

Advertisement

އެތަކެތި ހަވާލުކުރުމުގެ ކުރީން ޕްރޮޖެކްޓް މެނޭޖަރ ވަނީ މަދިރި ނައްތާލުމަށް ބޭނުންކުރާ އެވަސީލަތުގެ ކުޑަ ތަފްސީލަކާއެކު، ސޮނެވާފުށީގައި އެމީހުން ހިންގި ކާމިޔާބު ޕްރޮޖެކްޓްގެ ޕްރެސެންޓޭޝަނެއް ވެސް ދެއްވާފަ އެވެ.

ސޮނެވާފުށީގެ ޓީމުން މައުލޫމާތު ދިންގޮތުގައި އެ ރިސޯޓުގައި މީގެ ހަތަރުމަސް ކުރިން ހިންގަމުންދިޔަ އެ ޕްރޮޖެކްޓްގެ ސަބަބުން އެ ރިސޯޓުގައި މަދިރި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މަދިރި ނައްތާލުމަށް ފޮގް ޖެހުން ނުވަތަ ކެމިކަލް ބޭނުންކުރުން އެއީ ހައްލެއް ނޫން ކަމަށާއި، ފޮގް ޖެހުމުގެ ސަބަބުން ނުވަތަ ކެމިކަލް ބޭނުން ކުރުމުގެ ސަބަބުން މަރުވަނީ ހަމައެކަނި މަދިރި ނޫން ކަމަށެވެ. އެގޮތުން އެކިއެކި ވައްތަރުގެ ފަނިފޮކްސާތައް ނެތިދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުންދާ ވާރޭ މޫސުން ނިމި، އިރުވައި މޫސުމަށްދާއިރު، މަޖިލީހުގެ އިދާރާއިން ދޮންދޫންޏާއި ކޮކާ ވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މަދިރީގެ އުނދަގޫވެސް ނެތިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިހާރު އިރުވައި މޫސުމަށް މިދަނީ، އިރާދަ ކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެން މިތަނަށް (މަޖިލީހުގެ އިދާރާއަށް) ކެމިކަލް ނުޖަހައިފިއްޔާ، ދޮންދޫނި ވެސް ފެންނާނެ އަދި ކޮކާ ވެސް ފެންނާނެ. އަދި އިރާދަ ކުރެއްވިއްޔާ މަދިރިއެއްވެސް ނޫޅޭނެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 އޮކްޓޯބަރ 2019 | ބުރާސްފަތި 15:51
ސާޔާ
ކޮންމެވެރިކަމެއް ފެށުނީމާ ތިމީހުން ތިކަހަލައެއްޗެއް ޖައްސާނެ. ސޮނޭވާޖާނީ ހަދާފައެއޮތީ އެމްއެމްޕީއަރސީގެ ޚިޔާނަތުގެރަށެއްގަ. ދިވެހި ވިޔަފާރިވެރިންގެ އެތައް ބަޔަކަށް ތިމީހުން އޮތީދަރާ. މަޖިލީހުންމަސައްކަތްކޮށްގެން އެ ހޯދަދީބަލަ.