Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 14:17
ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު
ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު
ސަން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ގާޒީ ހަސަން ސައީދާ ދެކޮޅަށް ފިޔަވަޅު އެޅީ ކުރީގެ ގާނޫނުގެ ދަށުން: ޖޭއެސްސީ
ސެޕްޓެމްބަރު 4 އަށް ތަހުގީގުނިމި، ރިޕޯޓްވެސް ނިމިފައި ހުރި މައްސަލަތަކުގައި ފިޔަވަޅު އަޅާނީ ކުރީގެ ގާނޫނުގެ ދަށުން
އެހާތަނަށް ތަހުގީގު ނިމުނަސް، ރިޕޯޓް ނުނިމޭ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ ފަހުގެ ގާނޫނުގެ ދަށުން

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.

ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފުކަމަށް މީޑިއާގައި ދައުރުވަމުންދާ ހަބަރުތަކާއި ގުޅިގެން މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީއިން ޖޭއެސްސީއަށް ގުޅާލުމުން، އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ އެއީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށެވެ. އެގޮތުން، ގާޒީ ހަސަން ސައީދުގެ މައްސަލައަކީ މިހާރު އަމަލުކުރަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު ތަސްދީގުކުރެއްވުމުގެ ކުރިން ތަހުގީގު ނިމި ރިޕޯޓް އެކުލަވާލާފައިވާ މައްސަލައެއް ކަމަށް ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، މި މައްސަލައާ މެދު އަމަލުކުރާނެ ގޮތެއް ނިންމާފައިވަނީ 4 ސެޕްޓެމްބަރު މަހު ބޭއްވުނު ޖޭއެސްސީގެ ޖަލްސާގައި ނިންމި ކަންކަމަށް ރިއާޔަތް ކޮށްފައި ކަމަށެވެ.

Advertisement

ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމީ، އެހާތަނަށް ތަހުގީގު ނިމި، ރިޕޯޓް އެކުލަވާލާފައިވާ މައްސަލަތަކުގައި ކުރީގެ ގާނޫނަށް އަމަލުކުރުމަށެވެ. އަދި އެހާތަނަށް ތަހުގީގު ނިމި ރިޕޯޓް އެކުލަވާލާފައި ނުވާ މައްސަލަތަކުގައި ފަހުގެ ގާނޫނަށް އަމަލުކުރުމަށް ވެސް ޖޭއެސްސީން އެ ދުވަހުގެ ޖަލްސާގައި ނިންމާފައިވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ 3 ސެޕްޓެމްބަރު ގައެވެ.

ފަހުން ތަސްދީގުކުރެވުނު ގާނޫނު ބުނާގޮތުން ނަމަ، ފަނޑިޔާރަކާއި ދޭތެރޭ އެޅޭ ފިޔަވަޅެއްގެ ގޮތުން އެއް ދަރަޖައެއްގެ ކޯޓަކަށް ބަދަލުކުރުމަކީ މަނާކަމެކެވެ. ނަމަވެސް ކުރީގެ ގާނޫނުގައި އެހެން ފިޔަވަޅު އަޅަން ތަންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް