Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 13:33
އެކްސިޑެންޓް ހިނގި ލޯންޗު
އެކްސިޑެންޓް ހިނގި ލޯންޗު
ޓްވިޓަރ
ކަނޑުމަތީ ހާދިސާ
ދެ ލޯންޗެއްޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެނީ
ފަރުވާދެމުން އަންނަނީ ދިވެހި އަންހެނަކާއި، ފިރިހެނަކަށް

މާލޭ ފަޅު ބޭރުން ދެ ލޯންޗެއްޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންތުގެ މައުލޫމާތު ލިބުނީ 10:08 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށާއި، އެ ހަތަރު މީހުންނަށްވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަކަމަށެވެ.

Advertisement

މި ހާދިސާގައި އަނިޔާވެފައިވަނީ 17 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ ފިރިހެނަކަށާއި، 38 އަހަރުގެ ފިރިހެނަކާ 50 އަހަރުގެ ފިރިހެނަކަށެވެ. އޭގެތެރެއިން ބޮޑަށް އަނިޔާވެފައިވަނީ 50 އަހަރުގެ ފިރިހެން މީހާއަށްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ލޯންޗު ދުއްވަން ތިބި ދެ މީހުންނަކީވެސް ލޯންޗު ދުއްވުމުގެ ހުއްދަ އޮންނަ ދެ މީހުން ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަސް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް