Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 07:26
ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިރެކްޓަރ ޖެނަރަލް އަހުމަދު އާތިފް
ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިރެކްޓަރ ޖެނަރަލް އަހުމަދު އާތިފް
ރާއްޖެއެމްވީ
ތައުލީމް
ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމު އުނގަންނައިދޭ ސިޔާސަތުގެ ދަށުން ބަސްކޮށާރަށް ބަދަލު ގެންނަނީ
ކަންކަން ނިންމާނީ އުނގެނޭ ވެއްޓަށް ބެލުމަށްފަހު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ގިނަ

ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމު އުނގަންނައިދޭ ސިޔާސަތުގެ ދަށުން ބަސްކޮށާރު މުޅިން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިރެކްޓަރ ޖެނަރަލް އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އާތިފް ވިދާޅުވީ, ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމު އުނގަންނައިދޭ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޚާއްސަ ގޮތެއްގައި އުނގެނޭ ވެއްޓަށް ބެލުމަށްފަހު ކަންކަން ނިންމާ ކަމަށެވެ. އުނގެނޭ ވެއްޓަށް ބަލާއިރު އިތުރު އެހީ ބޭނުންވާ ބައިވަރު ކުދިން އެބަތިބި ކަމަށެވެ.

Advertisement

އޭގެ ތެރޭގައި އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، އާދަޔާ ހިލާފަށް ތޫނުފިލި ކުދިންނާއި، ލިޔުމާއި ކިޔުމަށް ދަތިތައް ކުރިމަތިވާ ކުދިން އަދި ކިޔެވުމަށް ކޮށި ނުވަތަ ބޯޑަރ ލައިންގައި ތިބޭ ކުދިންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރޭގައި ހިމެނޭ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މިސިޔާސަތު ތަންފީޒު ކުރާއިރު، ހުރިހާ ކުދިން ބައިވެރިކުރުވުމަށް އެންމެ މުހިންމު ކަމަކީ ބަސްކޮށާރު ބަދަލުކުރުން ކަމަށާއި، އެކަން ތަންފީޒު ކުރުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބަސްކޮށާރު ބަދަލުކުރާ ގޮތެއް އާތިފް ހާމައެއް ނުކުރައްވައެވެ.

އޭއީ އާންމު ކުދިންނާ (އަޅާ) ބަލާއިރުގަ މަންހަޖަށް އެކުދިން އުނގެނެން ބަލާއިރުގައި ކޮންމެވެސް ސަބަބަކާ ހުރެ އެކުދިންނަށް އިތުރު އެހީތެރިކަން ބޭނުންވުން. އެބޭނުންވަނީ ކިހައި ވަރަކަށްތޯ. ކޮން މިންވަރަކަށްތޯ އަޅުގަނޑުމެންގެ ސިޔާސަތުގައި މިނިންމަނީ. ކުއްޖާގެ ވިސްނުން. އެކަމަކުއެއަށްވުރެ މާ ބޮޑަށް ސްކޫލުތަކުގަ އެބަތިބޭ ވަކި ކަހަލަ ގޮތަކަށް ނުނިންމޭ ބައިވަރު ކުދިންތަކެއް. އަޅުގަނޑުމެން ސިޔާސަތުން ވަރަށް ބޮޑަށް ވިސްނާފަ އޮންނާނީ މިދެންނެވި ގޮތަށް އެގިންތިތަކުގައި ޚާއްސަކޮށް އެވިސްނުމުގައި އިތުރު އެހީތެރިކަން ބޭނުންވެގެން ބޭނުންވާ ކުއްޖަކަށް ވެއްޖެއްޔާ މިސިޔާސަތުގެ ދަށުން ވަކި ހިސާބަކަށް ދިޔާމަ އެހީތެރިވެދޭ ގޮތަށް.
ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ޑިރެކްޓަރ ޖެނަރަލް އަހުމަދު އާތިފް

އެޑިއުކޭޝަން ޑިވަލޮޕްމެންޓް އޮފިސަރ އައިޝަތު ޒައީމާ ވިދާޅުވީ ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމު އުނގަންނައިދޭ ސިޔާސަތުގެ ކަނޑައަޅަނީ ހުރިހާ ކުދިންނަށް ޝަމިލް ވެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލުމަށްފަހު، އެކުއްޖަކަށް އެންމެ ބޮޑަށް އެންމެ އެކަށީގެންވާ ޕްރޮގްރާމަކުން ފުރުސަތުދޭ ގޮތަށް ކަމަށެވެ.

އެގޮތުން މިހާރު ފަސް ފޮރޮގްރާމެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އާލީ އިންޓަވެންޝަން، އެއާއެކު ހޯމް ސްކޫލިންގ ކަމަށްވާ ސްކޫލަށް ނާދެވޭ ކުދިންނަށް ވެސް ހަމަ ޚިދުމަތްތައް ދިނުމަށްޓަކައި ސްކޫލުގެ ޓީޗަރު ދަރިވަރާ ހަމައަށް ތައުލީމް ފޯރުކޮށްދެވޭނެ ނިޒާމްތަކެއް ގާއިމްކުރުމާއި، މެއިންސްޓްރިމް ނިޒާމުގައި ކިޔަވައިދޭނެ ގޮތްތައް ކަމަށް ޒައީމާ ވިދާޅުވިއެވެ.

މިސާލަކަށް ކޯޓީޗިން މޮޑިއުލް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް މިކުދިންނާއެކު މެއިންސްޓްރީމް ޓީޗަރާއި ސްޕެޝަލް އެޑިއުކޭޝަން ޓީޗަރާއި، ގުޅިގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވިއްޖެއްޔާ ސެންގެ ކޮންސެޕްޓް ގޮސް އިންޖްލޫޝަން ނިޒާމަކަށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭނީ. އެކަމަށްޓަކައި އަސްލު މި ސްޓްރެޓަޖީ އަޅުގަނޑުމެން މިގެންނަނީ ފަސް އަހަރުގެ. ހަމައެއާއެކު މިރާޖާ ކުރަމުންދަނީ . މުޅި ސްކޫލު ޝަމިލްވާ ނިޒާމް ގާއިމްކުރަން މިއުޅެނީ. އެހެންވީމަ ބެލެނިވެރިން ދަރިވަރާއި ބެލެނިވެރިޔާ ސްކޫލުގެ ލީޑިން ޓީޗަރުން ސްކޫލުގެ ލީޑާސް ޓީޗަރުން އެންމެން ގުޅިގެން ޝާމިލް ކުރުމުގެ ނިޒާމެއް. އެހެންވީމަ އަޅުގަނޑުމެން ބޭނުންކުރި ސެގްރިކޭޝަން މޮޑެލްއިން ނުކުމެ އިންކުލޫޝަން މޮޑެލްއަށް ހިޖުރަ ކުރެވޭނެ ކަމަށް.
އެޑިއުކޭޝަން ޑިވަލޮޕްމެންޓް އޮފިސަރ އައިޝަތު ޒައީމާ

ޒައީމާ ވިދާޅުވީ ތައުލީމީ ނިޒާމަށް މިގެނެވޭ ބޮޑު ބަދަލާއެކު ރަނގަޅު ނަތީޖާއާއެކު އަމާޒުވާން ބޭނުންވާ މިސްރާބަށް ވާސިލް ވެވޭނެ ކަމަށެވެ. އަދި ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އެއްބާރުލުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް