Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 07:40
އަބަދަށްފެހިމަގުގައި ހުރި ކެމިކަލް ގުދަނުގެ ރޯވެ އަދަނީ
އަބަދަށްފެހިމަގުގައި ހުރި ކެމިކަލް ގުދަނުގެ ރޯވެ އަދަނީ
ރާއްޖެއެމްވީ
ކެމިކަލް އެތެރެކުރުން
ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އަލުންދީފި
ގުދަންކުރުމުގެ ގަވާއިދެއް އެކުލަވާލައި މިހާރު ޝާއިއު ކުރެވިފައި
ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ

މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އެހުއްދަ ދީފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާއި ހަމަ އެމަހުގެ 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓިވި ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަންކުރުމުގެ ގަވާއިދެއް އެކުލަވާލައި މިހާރު ޝާއިއު ކުރެވިފައި އޮތުމާއެކު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމް ހަމަޖައްސައިގެން، މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ބުދަ ދުވަހުން ފެށިގެން ދޫކުރަމުން ގެންދާ ކަމަށެވެ.

Advertisement

މިދިޔަ މަހުގެ 20ވަނަ ދުވަހު އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި އަންހެނަކު މަރުވިއިރު، އެތައް ގެއެއް އަނދާ ހުލިވިއެވެ. އަދި 400 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހުނެއެވެ.

އަދި މިދިޔަ މަހުގެ 30ވަނަ ދުވަހު ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 06 ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައިވާއިރު އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް