Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 23:56
ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުނު މުނާސަބާގައި ބޭއްވި ހަފްލާގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ
ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުނު މުނާސަބާގައި ބޭއްވި ހަފްލާގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓަރ
ދިރިއުޅުމުގެ ވައްޓަފާޅިއާއި ސިއްހަތު ރައްކާތެރި ނުކުރާނަމަ ކުރެވޭ ހޭދައަކީ ބޭކާރު ކަމެއް: މިނިސްޓަރު
ޖީލުތައް ދުޅަހެޔޮ ކުރެވޭނީ، މިއަދު އެއްމެންގެ މުޅި ވިސްނުން އާއްމު ސިއްހަތު ރައްކާތެރިކުރުމާ ދިމާލަށް މިސްރާބު ޖަހައިގެން
ސިއްހީ ދާއިރާގެ ކުރިއެރުމާއިމެދު ވިސްނާގޮތް ބަދަލުކުރަންޖެހޭ

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް، އާއްމު ޞިއްޙަތު ރައްކާތެރިނުކުރެވޭ ނަމަ، ހޮސްޕިޓަލްތަކާ މެޝިނަރީތަކާ ޑޮކްޓަރުންނާ ބޭހަށް ކުރާ ހޭދަ ވެގެން ދާނީ ހަމަ ފޫނެއްފަޔަށް ފެން ފުރުމަށް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރު މިހެން ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ހަފްލާގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.

Advertisement

މިނިސްޓަރ އަމީން ވިދާޅުވީ ތިމާއަކީ ތިމާއާއި ތިމާގެ އާއިލާއާއި ދިރިއުޅޭ މުޖްތަމައުގެ އާއްމު ސިއްހަތަށް ފަރުވާވެ، މައުލޫމާތާއި ހެޔޮވިސްނުމުން ބާރުވެރިވެގެން، އާއްމު ސިއްހަތަށް ރައްކާތެރި މީހަކަށް ކޮންމެ ފަރުދަކުވެސް ވާންޖެހޭ ކަމަށެވެ.

ސަރުކާރުގެ މުޅި ސިޔާސަތު، ހުރިހާ ދާއިރެއް ޝާމިލުވާނޭހެން، މި ދެންނެވިފަދައިން، އާއްމު ސިއްހަތު ރައްކާތެރިކުތރުމުގެ އަމާޒާ ދިމާއަށް މިސްރާބުޖެހުމާއި، މި އަމާޒާ ފުށުއަރާ ނުވަތަ މި އަމާޒަށް ވާސިލުވުމަށް ހުރަސް ނޭޅޭނޭހެން ބައްޓަންކުރަންޖެހޭ،
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ އަދާއި މާދަމާގެ ޖީލުތައް ދުޅަހެޔޮ ކުރެވޭނީ، މިއަދު އެއްމެންގެ މުޅި ވިސްނުން އާއްމު ސިއްހަތު ރައްކާތެރިކުރުމާ ދިމާލަށް މިސްރާބު ޖަހައިގެންކަމަށެވެ.

އަދި ރައްޔިތުންގެ ބަލިމަޑުކަމާ ނުކުޅެދުންތެރިކަމާ އަދި ނު އުމުރުގައި ފުރާނަގެއްލިގެންދިއުމުގެ ފަހަތުގައި ވަނީ، ޒަމާނީ ދިރިއުޅުމާއި ކެއިންބުއިމާއި، އުޅުންތަކާއި ގުޅުންތައް ކަމަށެވެ. އަދި ދިރިއުޅޭ، ކުޅެއުޅޭ، އަދި މަސައްކަތްކުރާ މާހައުލުތަކުން، އިހްތިޔާރާ ބޭއިހްތިޔާރުގައި ކުރިމަތިވާ ނުރައްކާތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ، 2020 އަކީ " އާއްމު ސިއްހަތުގެ އަހަރު، ނުވަތަ "އިޔަރ އޮފް ޕަބްލިކް ހެލްތު" ގެ ގޮތުގައި ކަނޑައަޅާފައި ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުން އަދި ހާއްސަކޮށް ސިއްހީ ދާއިރާއިން ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައްވެގެންދާނި، ހަށިހެޔޮ ދުޅަހެޔޮ ސިއާރުގައި، އާއްމު ސިއްހަތުގެ ކުރިއެރުންތަކާދިމާލަށް މިސްރާބުޖެހިފައިވާ ލަނޑުދަނޑިތަކަކަށް ކަމަށެވެ.

އާއްމު ޞިއްޙަތުގެ އަހަރަށް ތައްޔާރު ވުމުގެ ގޮތުން، މިހާރު މިދަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރަމުން. އާއްމު ސިއްހަތުގެ އަހަރުގެ ކާމިޔާބީތައް ހާސިލުކުރެވޭނީ، މިދެންނެވުނު މަޝްވަރާތަކުގެ އަލީގައި، ކަނޑައެޅޭ މަގުޗާޓެއްގެ އެހީގައި، ސަރުކާރާއި ރައްޔިތުންގެ ޝާމިލުވުމާއިއެކު. އެހެނީ، އާއްމުސިއްހަތުގެ މަގު ސަރުކާރުން ދެއްކިއަސް އެމަގުން ހިންގަނޖެހޭނީ ރައްޔިތުންގެ އަމިއްލަ ރައުޔުގައިކަމަށްވާތީ،
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ސިއްހީ ދުޅަހެޔޮކަމާއިމެދު، ސިއްހީ ދާއިރާގެ ކުރިއެރުމާއިމެދު ވިސްނާގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އާއްމު ސިއްހަތުގެ ވިސްނުމަކަށް ބަދަލުވެގެންދާއިރު، ސިއްހީ ދާއިރާގެ ކުރިއެރުން ސަރުކާރުން ވަޒަންކުރާނީ، ހަމައެކަނި، ހަސްފަތާލާ، މެޝިނަރީއާ، އެމްބިއުލާންސާ ޑަކްޓަރުންގެ އަދަދުން ނޫން ކަމަށެވެ.

އަދި ހަމައެކަނި ދެވޭ ހިދުމަތުގެ ގިނަ ވައްތަރުތަކުން ނޫން ކަމަށާއި، މިކަންކަމުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރެވޭ މިންގަނޑުތަކުން، މީހުންގެ ސިއްހީ ލިޔަންކިޔަންދަތުމާއި ސިއްހީ ހޭލުންތެރިކަމާ، ސިއްހީ ގޮތުން ފައިދާހުރި ދިރިއުޅުމަށް މިހުން އަހުލުވެރިކުރެވޭ މިންވަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް