Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 23:07
ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު
ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު
ރާއްޖެއެމްވީ
ޕީޕީއެމް
ޖޭއެސްސީން ''އެޖެންޑާ19'' ތަންފީޒު ކުރުމުން ވެއްޓޭނީ ވަޅުގަނޑަކަށް: ސައީދު
ޖޭއެސްސީ އަކީ އެމްޑީޕީގެ ބެންޗެއް ކަމަށް ވިދާޅުވި
އިދިކޮޅުން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި

ޖުޑީޝަލް ސަރވީސް ކޮމިޝަން (ޖޭއެސްސީ) އިން އެމްޑީޕީގެ މެނިފެސްޓޯ ''އެޖެންޑާ19'' ގެ ޝަރުއީ ދާއިރާގައި ހުރި ކަންތައް ތަންފީޒު ކުރުމުގެ ގައުމު ވެއްޓޭނީ ވަޅުގަނޑަކަށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް ސައީދު ވިދާޅުވީ، އިދިކޮޅު މެމްބަރުންގެ އަދަދު ކިތަންމެ މަދުވިޔަސް ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތްތަށް ކުރިއަށްދާނެ ކަމަށާއި، އަދި ސަރުކާރުން ކިތަންމެ ބިރެއްދެއްކިޔަސް ފަހަތަށް ނުޖެހި ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންގޮސް ސަރުކާރު ޖަވާބުދާރި ކުރުވުމުގައި ދެމިތިބޭނެ ކަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ކުރީގެ ވަކީލުންގެ ގޮތުގައި ކުރިން ތިއްބެވި ތުޅަދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޖޭއެސްސީ ގައި ތިއްބަވާ ތިއްބެވުމަކީ އެމްޑީޕީގެ ބެންޗެއް ގޮތުގައި ޖޭއެސްސީ އޮތުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ޖޭއެސްސީއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށް ބުނެ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ހައްޔަރުކޮށް ފަނޑިޔާރުން ވަޒީފާއިން ވަކިކޮށް ކުރާ ކަންތައްތަކުގެ ނަތީޖާ އަކަށް ވެގެންދަނީ ރާއްޖެ ފުންވަޅުގަނޑަކަށް ވެއްޓިގެން ދިޔުން ކަމަށެވެ.

ޖޭއެސްސީން އެޖެންޑާ 19 ތަންފީޒު ކުރަން ޖުޑިޝަރީގެ ތެރޭގައި މި ހިންގާ ހަރާކަތްތަކުގެ ނަތިއްޖާއަކަށް ވެގެންދަނީ ދިވެހިރާއްޖެ އިތުރަށް ފުންވަޅުގަނޑަކަށް ވެއްޓިގެން ދިޔުން
މުހައްމަދު ސައީދު ~ ޕީއެންސީގެ ނައިބް ރާއީސް ~

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ބޮޑެތި އަދަދުން ބަދަލުދެމުންދާކަން ސައީދު ވަނީ ތަކުރާރު ކުރައްވާފައެވެ.

ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ދޭހަވާ ގޮތަށް ސައީދު ވިދާޅުވެފައިވާއިރު، ސައީދު ވަޒީރުކަން ކުރައްވާފައިވާ ރައީސް ޔާމީންގެ ސަރުކާރުގައި ފެބްރުއަރީ އެކެއްގެ އަމުރު ނެރުމާއި އެކު ކޯޓުގެ ''ޓިނު ނަގައިގެން'' އެތައް ފަނޑިޔާރުންތަކެއް ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހޭ ކަމަށް އާއްމުންގެ ގިނަ ބަޔަކު ދަނީ މެދުނުކެނޑި ގޮވާލަމުންނެެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދަނީ މީގެ ކުރިން އެ ކޮމިޝަނަށް ފަނޑިޔާރުންނާއި ބެހޭ ގޮތުން ހުށައެެޅިފައިވާ މައްސަލަތައް ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 23:35
މާމޫން
އެޖެންޑާ 19 އައީ ސަޢީދުމެން ފަހަތުލައިގެން " ތަރައްގުއި " ސިފަކޮށްދެމުންއައި ސަރުކާރު ބޮޑުތަނުން ބަލިކޮށް ފުން ވަޅުގަނޑަކަށް ވައްޓާލާފައި. އެޖެންޑާ 19 ވެސް ވެއްޓޭނެ. އެކަމަކު މަތީގަޑިން ޖަހަންދެން ފަހަތަށް ނުޖެހި މަދު ބޭފުޅުންކޮޅާއެކު އިދިކޮޅު ބެންޗް ހޫނުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރައްވާ!